ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު
ވެސްޓް ކޯސްޓް ވޯޓަރ ފްރަންޓް މިކްސްޑް ޑިވެލޮޕްމަންޓް މަޝްރޫޢާބެހޭ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ބޭނުމަށް މާލޭގެ 399 ނަންބަރު ކޮށީގައި 6512.17 އަކަމީޓަރުގެ ބިމެއްގައި މިސްކްޑް ޔޫސް ޑިވެލޮޕްމަންޓް ފެސިލިޓީއެއް ގްރައުންޑް ލީސް އުސޫލުން ޤާއިމުކޮށް ހިންގާނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)13-K1/13/2016/34 އިޢުލާނަށް ރަޖިސްޓަރީވުމުގެ ފުރުޞަތު މޭ 10، 2016 ގެ ނިޔަލަށް އިތުރުކޮށްފީމެވެ. އަދި، މިފަދަ ޕްރޮޖެކްޓަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު ހުޅުވާލަމެވެ.
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 10 މޭ 2016 ގެ ނިޔަލަށް ހުޅުވާލަމެވެ. މި މަސައްކަތުގެ ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް (އާރ.އެފް.ޕީ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢުކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މި ޕްރޮޖެކްޓުގެ ޕްރީ ޕްރޮޕޯޒަލް ބައްދަލުވުން އޮންނާނީ 27 އެޕްރީލް 2016ވާ ބުދަ ދުވަހުގެ 13:00ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން އުފެދޭ ސުވާލުތައް ލިޔުމަކުން ތިރީގައި ދެންނެވިފައިވާ އެޑްރެސް ނުވަތަ އީމެއިލް އެޑްރެހަށް 2 މޭ 2016 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ފޮނުއްވުން އެދެމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 12 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި މިނިސްޓްރީއަށް "ޕްރޮޕޯޒަލް" ހުށަހެޅުއްވުން އެދެމެވެ.
އަޙުމަދު މުޖުތަބާ
ޑިރެކްޓަރ ޖެނެރަލް
ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ،
ޓެލެފޯން: 3349191 ، 3349266،
ފެކްސް: 3320706 ، 3324432،
އީމެއިލް:[email protected]
