ދިވެހިރާއްޖެ
އިޢުލާން
އައި.ޖީ.އެމް ހޮސްޕިޓަލުގެ 11ބުރި ޢިމާރާތުގެ ފްލޯތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 18 ފެބުރުވަރީ 2016ގައި ކޮށްފައިވާ ނަންބަރު 137-IU/2016/21 އިޢުލާނަށް ސަޕްލަޔަރުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.
| 
 ތަން  | 
 ގަޑި  | 
 ތާރީޚު (ދުވަސް)  | 
 ތަފުސީލު  | 
| 
 ކޮންފަރެންސް ހޯލް  | 
 10:00  | 
 21 އެޕްރީލް 2016 (ބުރާސްފަތި)  | 
 މަޢުލޫމާތު ސާފުކުރެއްވުމަށް  | 
| 
 ކޮންފަރެންސް ހޯލްް  | 
 11:00  | 
 26 އެޕްރީލް 2016 (އަންގާރަ)  | 
 އަންދާސީހިސާބު ހުށަހެޅުއްވުމަށް  | 
11 ރަޖަބު 1437
