ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ސްޕޯޓް ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ GS145/IUL/2016/06 ނަންބަރުގެ އިޢުލާނުގައި، މަޤާމުގެ ދާއިރާ ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

1 (އެކެއް)

ބޭނުންވާ އަދަދު

188-OD/22/2016/09

މަޤާމުގެ ނަންބަރު:

ސްޕޯޓް ސުޕަވައިޒަރ

މަޤާމް:

ކ. ގުރައިދޫ

ވަޒީފާ އަދާކުރަންޖެހޭ ރަށް:

ގުރައިދޫ ސްކޫލް

އޮފީސް:

މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:

ސަރވިސް އެލަވަންސް

މަޤާމުގެ އަސާސީ މުސާރަ

ޝަރުޠު

ކްލެސިފިކޭޝަން

ރޭންކް

މަޤާމް

މަހަކު -/1،500 ރުފިޔާ

މަހަކު -/5،020 ރުފިޔާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ"ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އޮފިސަރ ގްރޭޑް 2

ޖީ. އެސް. 4

ސްޕޯޓްސް ސުޕަވައިޒަރ (GS4)

1- ސްކޫލުގެ ސެސަނަށް ހާޒިރުވެ، ގަޑިޖެހުމުގެ ކުރިން ފިންގަރ ޕްރިންޓް ޖެހުން.

2- ކުޅިވަރުގެ ކަންތައްތަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ކުޅިވަރުގެ ހަރަކާތްތަކަށް ކުދިން ތައްޔާރުކުރުން.

3- ކުޅިވަރުގެ ކަންކަމަށް އަންނަ ކުދިންގެ ހާޒިރީ ބެލުމާއި، ކުދިންނާބެހޭ އެންމެހައި ރެކޯޑްތައް ތައްޔާރުކޮށް، އެ ރިކޯޑުތައް ބެލެހެއްޓުން.

4- ސްޕޯޓްސް އިންސްޓްރޫމެންޓުގެ އިންވެންޓްރީ ގަވައިދުން ލިޔެ ބެލެހެއްޓުން.

5- އެކިއެކި މުބާރާތްތަކަށް ކުދިން ތައްޔާރުކުރުމާއި، ކުދިންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ފެސިލިޓީޒްތައް، ކުދިންނަށް ދަތިނުވާގޮތަށް ފޯރުކޮށްދިނުން.

6- ކުޅިވަރުކުޅެން ބޭނުންކުރާ ތަކެތި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެފަދަ ތަކެތި ހަލާކުވުންފަދަ ކަމެއް ވެއްޖެނަމަ، އެޑްމިންއަށް އެކަން އަންގައި، އެތަކެތި ހޯދުން.

7- ހުރިހާ އިންސްޓްރޫމެންޓުސް ސާފުކޮށް ބެލެހެއްޓުން.

8- ޓައިމްޓޭބަލާ އެއްގޮތަށް ތިޔަރީ ކުލާސްތައް ކުރިޔަށްގެންދިޔުން.

9- ޕީއީއަށް ބޭނުންކުރެވޭ ތަކެތި ރަނގަޅަށް އެނގިފައިވުމާއި، ތަކެތި ގެންގުޅޭނެގޮތާމެދު ޓީޗަރުންނަށް މަޢުލޫމާތާއި ލަފާދިނުން.

10- ޕީއީ ގަޑިތަކުގައި ބޭނުންކުރާ ތަކެތި ފަސޭހަކަމާއެކު ބޭނުންކުރަން ލިބޭނެގޮތަށް ތަކެތި އިންތިޒާމްކޮށްފައި ބެހެއްޓުން.

11- އެކިއެކި މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި ކަމާގުޅޭ ފަރާތްތަކާ ވާހަކަދައްކައިގެން މުބާރާތްތަކަށް ދަތިނުވާނެހެން މުބާރާތްތަކަށް ކުދިން ތައްޔާރުކުރުވުމާއި، ބައިވެރިކުރާ ޓީމު ނެގުމުގައި އެހީތެރިވެދިނުން.

12- އެކިއެކި މުބާރާތްތަކަކަށް ޓްރޭނިންގ ދިނުމުގައި އެކަންތައްތައް ރާވައި،  މެނޭޖްމެންޓާ ވާހަކަދައްކައިގެން ކޯޗުންގެ ކަންތައްތައް ހަމަޖައްސައި، ކޯޗިންނާބެހޭ ރެކޯޑްތައް ބެލެހެއްޓުން.

13- ކޮންމެ ޓާމެއް ނިމުމާއެކު، އެ ޓާމުގައި ހިންގުނު ކުޅިވަރުގެ ހަރަކާތްތަކާއި ޕީއީ ހަރަކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށްފައި،  ޕްރިންސިޕަލަށް އެ ރިޕޯޓް ހުށަހެޅުން.

14- ޕީއީއާއި ސްޕޯޓްސް ހަރަކާތްތަކުގައި ބައިވެރިވެ، އެހީތެރިކަމާއި އެއްބާރުލުންދިނުން.

15- މުދައްރިސުން ހަމަނުވާ ހާލަތްތަކުގައި ޕީއީ ގަޑިތައް ނެގުން.

16- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ގައާއިދުތަކާއި، ސްކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

17- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓަށް އިޙުތިރާމްކުރުމާއެކު، އެއާ އެއްގޮތަށް ޢަމަލުކުރުން.

18. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

 

 

 

 

 

 

 

 

މަޤާމުގެ

މަސްއޫލިއްޔަތު:

 ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

- ތަޢުލީމާއި ތަމްރީން.

- މަސައްކަތު ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.

3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު  މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

6. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)

7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފު މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

- ކުޅިވަރުގެ ދާއިރާ

- ކިޔަވައިދިނުމުގެ ދާއިރާ

ދާއިރާތައް:

 މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާނީ ގުރައިދޫ ސްކޫލަށެވެ.

ހުށަހަޅަންވީ ގޮތް:

2016 މޭ 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

ސުންގަޑި:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއު ކުރުން އޮންނާނީ، 2016 މޭ 5 ވަނަ ދުވަހުގެރޭ 8:30 ގައި ގުރައިދޫ ސްކޫލުގައެވެ.

އިންޓަވިއު:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެމަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. 

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6640574 ނަންބަރު ފޯނާއެވެ. އީމެއިލްކުރަން ބޭނުންވާ ފަރާތްތަކުން އީމެއިލްކުރާނީ، [email protected]  އަށެވެ.

 

އިތުރު މަޢުލޫމާތު:

12 ރަޖަބު 1437

19 އޭޕްރިލް 2016
ހޯދާ