ދިވެހިރާއްޖެ
އިޢުލާން
ހއ.ކެލާ ގަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަޝްރޫޢު
ހއ.ކެލާ ގަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަޝްރޫޢުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނަ މިކަމަށްޓަކައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުން އެދެމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އެބައްދަލުވުން ނިމުމުގެ ކުރިން އެބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް އެކަންޏެވެ. އަދި މިމަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން 27 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ނަމުގައިވާ (ބަރާބަރު 13:00އަށް ހާޒިރުވި ފަރާތްތަކުގެ) ބިޑުތައް އެކަންޏެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި ބިޑް ބަލައިގަތުމުގެ ބައްދަލުވުމުގައި، އެއް ފަރާތަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. ބަދަލުގައި މީހަކު ބައިވެރިކުރާނަމަ އެކަން އެނގޭގޮތަށް އޮތް ސިޓީއެއް ހުށަހަޅަންވާނެއެވެ.
މާކްސް ދެވޭނެ ތަފުސީލު
މާކްސް ދެވޭ ކުރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ފޯމިއުލަރ |
އަގު |
80% |
ހުށަހެޅިފައިވާ އެންމެ ކުޑަ އަގު |
އަންދާސީހިސާބު ހުށަހެޅި އެންމެކުޑައަގު /ހުށަހެޅި އަގު |
ތަޖުރިބާ |
06% |
ފަންނީގޮތުން ޤާބިލުކަންހުރި މިންވަރު |
މަސައްކަތާ ގުޅޭގޮތުން ހާސިލުކޮށްފައިވާ ކޮންމެ ލިޔުމަކަށް 02 ޕޮއިންޓް/ޕޮއިންޓް ދޭނީ ގިނަވެގެން 03 މަސައްކަތަށް |
މުއްދަތު |
14% |
މަސައްކަތް ކުރުމުގެ އެންމެ ކުރު މުއްދަތު |
އަންދާސީހިސާބުގައި ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު |