ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފިއުލް ލައިން އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

ކ. ވިލިނގިލި ހާބަރުން ޕަވަރހައުސްއަށް ފިއުލް ލައިން އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 27 އެޕްރީލް 2016 ވާ (ބުދަ) ދުވަހުގެ 11:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

ހުށަހަޅަންވީ ތަކެތި:

  • މަސައްކަތް ކޮށްދެވޭނެ އަގު:
  • މަސައްކަތް ކޮށްދެވޭނެ މުއްދަތު:
  • ހުށަހަޅުއްވާާ އަންދާސީހިސާބު ބާޠިލުވާާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތް ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯން ނަންބަރު):
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން:

ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 85 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 85x

މުއްދަތު: 10 ޕޮއިންޓް

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 10x

ތަޖުރިބާ: 05 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު:H-2016/103  

ބިޑް ހުޅުވުން:

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 04 މޭ 2016 ވާ (ބުދަ) ދުވަހުގެ 11:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 04 މޭ 2016 ވާ (ބުދަ) ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

11 ރަޖަބު 1437                  

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338154 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
18 އެޕްރީލް 2016
ހޯދާ