ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމެއް ހިންގާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހުވަދުއަތޮޅު ދެކުނުބުރީ ރަށްރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް، ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމެއް ހިންގާނެ ފަރާތެއް ހޯދުމާ ބެހޭގޮތުން ކުރި އިޢުލާނާ ގުޅޭ:

ހުވަދުއަތޮޅު ދެކުނުބުރީ ރަށްރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމެއް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 14 މާރިޗު 2016 ގައި މި ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)242/242/2016/8  އިޢުލާނާ ގުޅިގެން ހެދިފައިވާ މަޢުލޫމާތުޝީޓުގައި ބައެއް މުހިންމު ލިޔުންތައް ހުށަހެޅުމަށް ބަޔާންކުރެވިފައިނުވުމުން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 11.00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ޖަމްޢިއްޔާ، ޖަމާޢަތްތަކުން އަދި ކުންފުނިތަކުން އަންނަ ފަރަތަކީ ޖަމްޢިއްޔާ، ޖަމާޢަތްތައް އަދި ކުންފުނިތައް ތަމްސީލުކުރާ ފަރާތެއްކަން އަންގައިދޭ ލިޔުން ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

07 ރަޖަބު 1437   

14 އޭޕްރިލް 2016
ހޯދާ