މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޯންޏެއް ކުއްޔަށް ހިފުމަށް

އިޢުލާން

ނަފާ ދޯނި އެހެލާފައި ހުންނަ ދުވަސްތަކުގައި، ކައުންސިލްގެ ފަރާތުން ކުރަންޖެހޭ ދަތުރުތައް ކުރުމަށްޓަކައި ދޯންޏެއް ކުއްޔަށް ހިފަން ބޭނުންވެގެން މިއިދާރާއިން ކުރެވުނު ނަންބަރު: އިޢުލާނާ ގުޅިގެން އެކަމަށް (IUL)335-AS/335/2016/20 ކުރިމަތިލާފައިވަނީ 1 ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ދޯނި ކުއްޔަށްދޭން ބޭނުންވާ ފަރާތްތަކުން 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އިދާރައަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ މި އިދާރާގެ ނަންބަރު 6642024 ފޯނަށް ގުޅުއްވުން އެދެމެވެ. 

05 ރަޖަބު 1437

12 އޭޕްރިލް 2016
ހޯދާ