ދިވެހިރާއްޖެ
އިޢުލާން
ސްކޫލަށް ޓީވީ ވިއްކާނެ ފަރާތެއް ހޯދުމާ ގުޅޭ:
މި ސްކޫލަށް ބޭނުންވާ 3 ޓީވީ ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: GS123/2016/13 (10 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އެކަމަށް އެދި އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެވަޑައިގެންފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ސްކޫލަށް ޓީވީ ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 14:00 އަށް މި ސްކޫލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސްކޫލުން ދޭ އަންދާސީހިސާބު ފޯމުންނެވެ. މި ފޯމު ލިިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަތުމުން އެ ގަޑީގައެވެ.
މިކަމާ ގުޅިގެން ދެވޭ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ސުންގަޑީގެ ކުރިންނާއި ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. އަދި މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުނަމަވެސް އެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
6 ރަޖަބު 1437