ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮމްޕިއުޓަރު ސިސްޓަމުތަކެއް ހޯދުމަށް
އިޢުލާން
ކޮމްޕިއުޓަރު ސިސްޓަމުތަކެއް ހޯދުމަށް:
މިއިދާރާގެ ނަންބަރު (IUL)241-A/241/2015/14 އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ކެންސަލްކޮށް އަލުން އިޢުލާނުކުރަމެވެ.
މި އިދާރާއަށް ކޮމްޕިއުޓަރު ސިސްޓަމުތަކެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 20 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހަޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާއިރު، ތިރީގައި މިދަންނަވާ ތަކެތި ހުށަހަޅުއްވަންވާނެއެވެ.
- ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ
- ޖީ،އެސް،ޓީ ރަޖިސްޓަރީގެ ކޮޕީ
- ފަރުދުންގެ ވިޔަފާރިއަށް ރަޖިސްޓަރީކޮށްފައިވާ ލިޔުމުގެ ކޮޕީ
- މާލީ ތަނަވަސްކަން އެނގޭ ލިޔުން
މިކަމަށް އެދި ހުށަހަޅުއްވާ އަންދާސީހިސާބުތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
- ހުށަހަޅުއްވާ އަގަށް %50
- މުއްދަތަށް %20
- މަސައްކަތުގެ ތަޖުރިބާއަށް %20
- މާލީ ތަނަވަސްކަމަށް % 10
13 އޭޕްރިލް 2016
ހޯދާ