ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ "އަކުރިސް" ލާންޗްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
މި އިދާރާގެ "އަކުރިސް" ލާންޗުގައި ކުރަންހުރި ބައެއް މަރާމާތުތައް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަރާމާތުތައް މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ، 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލް އިދާރާގައި، 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭނެ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮން ކުންފުންޏެއް ތަމްސީލުކުރުމަށްކަން އެނގޭނެ، ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "އަކުރިސް ލާންޗްގެ ބައެއް މަރާމާތުތައް ކުރުމާބެހޭ ޕްރޮޕޯޒަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެއިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
11 ރަޖަބު 1437