ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި އިދާރާގެ 'ހުވަދޫ 1' ދޯނީގައި މިހާރު އަޅާފައިވާ އިންޖީނު ނަގައި، ޔަންމާ 6 ސިލިންޑަރުގެ އިންޖީނެއް އެޅުމަށް ބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު: (IUL)242/242/2016/10 (20 މާރިޗު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ މި އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮފޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

07 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ