ދިވެހިރާއްޖެ
އިޢުލާން
ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް.
އަންދާސީހިސާބު ބޭނުންވެއްޖެ:
ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: DHAH/2016/02 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކުގައި ދ. އަތޮޅު ހޮސްޕިޓަލު މީޓިންގރޫމަށް ނުވަތަ ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން
25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:30 އަށް
އަންދާސީހިސާބު ހުށަހެޅުން
5 މޭ 2016 ވާ އަންގާރަ ދުވަހުގެ 10:30 އަށް
މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
11 ރަޖަބު 1437