ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ބޭނުމަށް ގއ. ވިލިނގިލީ ބްރާންޗާއި އޭޓީއެމް ބޫތު ފޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 15 މާރިޗު 2016 ގައި ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހެޅި ބިޑްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، މި ބިޑްތައް ބާޠިލުކޮށް، އަލުން އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަަންނަވާނަމަ، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ބޭންކުގެ ވިލިނގިލި ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
25 އެޕްރީލް 2016 |
ހޯމަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
3 މޭ 2016 |
އަންގާރަ |
11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތުދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
06 ރަޖަބު 1437