ދިވެހިރާއްޖެ
އިޢުލާން
ބަނދަރުގެ ސިޑިތަކުގައި ޗެންޗޭނު ޖެހުން:
މި ރަށުގައި ހަދަމުންގެންދާ ބަނދަރުގެ ސިޑިތަކުގައި އަމިއްލަ ތަކެތީގައި ޗެންޗޭނު ޖަހައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: (IUL)311/311/2016/28 (04 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތާ ގުޅޭ މަޢުލޫމާތުދިނުން އޮންނާނީ 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. އަދި އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށްޓަކައި އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެ ފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6580072 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
6 ރަޖަބު 1437