ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ކަބަޑުތަކެއް ޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކުލާސްރޫމްތަކަށް 7 ކަބަޑު ޖަހައިދޭނެ ފަރާތެއް ހޯދުން:

މި ސްކޫލުގެ ނަންބަރު:GS-184/IUL/2016/13 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރީމެވެ.

މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް ކުލާސްރޫމްތަކަށް 7 ކަބަޑު ޖަހަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 މޭ 2016 ވާ ބުދަ ދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ 04 މޭ 2016 ވާ ބުދަ ދުވަހުގެ 11:30 ގައި، އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތައް ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެ ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑާއި، އަންދާސީހިސާބުގެ ވެރިފަރާތުގެ ސިޓީއެއް ފޮނުވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800744 ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓް: މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު:2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

07 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ