ދިވެހިރާއްޖެ
އިޢުލާން
ކުނަހަންދޫ ސްކޫލުގެ ގޯތިތެރޭގައި ހިނގޭނެގޮތަށް ދުވާރު ހަދައިދޭނެ ފަރާތެއް ހޯދުން:
މި ސްކޫލުގެ ނަންބަރު: GS-184/IUL/2016/14 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ހާޒިރުވި ފަރާތްތަކުގެ އަދަދު ހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރީމެވެ.
މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް ސްކޫލުގެ ގޯތިތެރޭގައި ދުވާރެއް ހަދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 24 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 މޭ 2016 ވާ ބުދަ ދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ 04 މޭ 2016 ވާ ބުދަ ދުވަހުގެ 11:30 ގައި، އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތައް ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެ ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑާއި، އަންދާސީހިސާބުގެ ވެރިފަރާތުގެ ސިޓީއެއް ފޮނުވަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800744 ފޯނާ ގުޅުއްވުން އެދެމެވެ.
ނޯޓް: މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު:2014/19) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
07 ރަޖަބު 1437