ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޓީޗަރ (ޕީ.އީ)
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާ އޮތް އޮފީސް: މަޖީދިއްޔާ ސްކޫލް، މާލެ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް، ޕްރައިމަރީ ކުލާސް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އެކި ގުރޭޑްތަކުގެ ކުލާސްތަކަށް، ކަރިކިޔުލަމާ އެއްގޮތަށް އިނގިރޭސި މީޑިއަމަށް ފިޒިކަލް އެޑިޔުކޭޝަންގެ މާއްދާ ކިޔަވައިދިނުން.
- ކިޔަވައިދިނުމުގެ ކުރިން، ކިޔަވައިދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ސްކީމްތަކާއި ލެސަން ޕްލޭންތައް ތައްޔާރުކުރުން.
- ދަރިވަރުންނަށް ހިންގޭ ފިޒިކަލް އެޑިޔުކޭޝަންގެ ކުލާސްތައް ރާވައި ހިންގުން.
- ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އިތުރުއެހީ ފޯރުކޮށްދެންޖެހޭ ދަރިވަރުންނަށް އެފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- ކިޔަވައިދޭގޮތުގެ މަޢުލޫމާތު، ދުވަހުން ދުވަހަށް، ކުލާސްރެކޯޑުގައި ލިޔުން.
- ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގޭ އިތުރު ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވުން.
- ސްކޫލުގެ ފަރާތުން ރާވައި ހިންގާ އެންމެހައި ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވުން.
- ވަޒީފާގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި މަސްއޫލިޔަތެއް އަދާކުރުން.
މަޤާމުގެ ޝަރުޠު:
މަގާމުގެ ނަން |
މަޤާމުގެ ކްލެސިފިކޭޝަން |
ސިވިލް ސަރވިސްގެ ރޭންކް |
އަސާސީ ޝަރުޠު |
އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ސީނިއަރ ޓީޗަރ |
ސްކޫލް ޓީޗަރސް |
CS15-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/10،640 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
CS15-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/10،320 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
CS15-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/10،100 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
CS15-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިއޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. |
މަހަކު -/9،910 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. |
|||||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS13-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/9،850 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
CS13-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/9،360 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
CS13-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/8،890 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
CS13-2 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. |
މަހަކު -/8،440 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS11-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/8،250 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
CS11-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/7،840 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
CS11-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/7،450 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
CS11-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން. |
މަހަކު -/7،070 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:
މުސާރައިގެ އިންސައްތަ |
ސަނަދު |
30% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީސަނަދެއް އޮތުން. |
25% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން. |
20% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން. |
15% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން. |
20% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން (ތަޖުރިބާއަށް ބަލާއިރު، ޓީޗަރެއްގެ މަޤާމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 22 އެޕްރީލް 2016 އާއި 28 އެޕްރީލް 2016 އާ ދެމެދުގައި، މަޖީދިއްޔާ ސްކޫލުގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ލިބެން ހުންނާނެއެވެ.
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
- ބަޔާން ކުރެވިފައިވާ ތަކެތި ހުށަހަޅާނީ، މަޖީދިއްޔާ ސްކޫލަށެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މަޖީދިއްޔާ ސްކޫލުގެ 3320341 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
11 ރަޖަބު 1437