ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ދ. ރިނބުދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް. 3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

އޯ.ޕީ.ޑީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދ. ރިނބުދޫ ޞިއްޙީ މަރުކަޒު / ދ. ރިނބުދޫ

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުން ރެޖިސްޓްރީކޮށް، ނަންބަރު ދޫކޮށް، ރެކޯޑް ބެލެހެއްޓުން.

2. ޑިއުޓީ ނިންމުމުގެ ކުރިން ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުތަކާއި،  މިފަދަ އެހެން ތަކެތި ތަރުތީބުކޮށް ބެލެހެއްޓުން.

3. މަރުކަޒުގެ ޚިދުމަތް ލިބިގަތުމަށް އަންނަ ބަލިމީހުންނަށް ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރުމާއި، ޚިދުމަތުގެ މަގު ދައްކައިދިނުން.

4. ކޮންސަލްޓޭޝަން ރޫމްތަކުގައި ތަރުޖަމާނެއްގެގޮތުގައި މަސައްކަތްކުރުން.

5. މަރުކަޒުގައި އަގުނަގާ ޚިދުމަތްތަކަށް ނަގަންޖެހޭ ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ބަޖެޓާ ހަވާލުކުރުން.

6. އާސަންދައިގެދަށުން ބަލިމީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމާއި، އާސަންދައިގެދަށުން މަރުކަޒުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

7. މަތީގައިވާ ކަންކަމުގެ އިތުރުން، މަރުކަޒުގެ ވެރިންނާއި އިސްމުވައްޒަފުން އަންގަވާ، އޮފީހުގެ ރަސްމީ މަސައްކަތް ކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ:

1. ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

ސިވިލް ސަރިވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސް.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ދ. ރިނބުދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) މީގެ ތެރޭގައި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް) މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 އެޕްރީލް 27 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ދ. ރިނބުދޫ ޞިއްޙީ މަރުކަޒަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2 މޭ 2016 އާއި 19 މޭ 2016 އާ ދެމެދު ދ. ރިނބުދޫ ޞިއްޙީ މަރުކަޒުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 7904260 ނަންބަރު ފޯނަށް ނުވަތަ ނަންބަރު 6760087 ފޯނަށެވެ.

11 ރަޖަބު 1437

18 އޭޕްރިލް 2016
ހޯދާ