ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލުން 1 އޮކްޓޫބަރު 2015 ގައި ކޮށްފައިވާ DHAH/2015/19 ނަންބަރުގެ އިޢުލާން ބާޠިލުކުރުމަށްފަހު، އެ ޢިއުލާނުގައިވާ "ރިސެޕްޝަނިސްޓް" ގެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.
ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
ރިސެޕްޝަނިސްޓް |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ރޭންކް: ޖީ. އެސް. 3 |
މުސާރަ: |
މަހަކު -/4465 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
||
ޑިވިޜަން/ ސެކްޝަން: |
އޯ.ޕީ.ޑީ |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒު / ދ. މާއެނބޫދޫ |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުން ރެޖިސްޓްރީކޮށް، ނަންބަރު ދޫކޮށް، ރެކޯޑް ބެލެހެއްޓުން. 2. ޑިއުޓީ ނިންމުމުގެ ކުރިން ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުތަކާއި، މިފަދަ އެހެން ތަކެތި ތަރުތީބުކޮށް ބެލެހެއްޓުން. 3. މަރުކަޒުގެ ޚިދުމަތް ލިބިގަތުމަށް އަންނަ ބަލިމީހުންނަށް ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރުމާއި، ޚިދުމަތުގެ މަގު ދައްކައިދިނުން. 4. ކޮންސަލްޓޭޝަން ރޫމްތަކުގައި ތަރުޖަމާނެއްގެގޮތުގައި މަސައްކަތްކުރުން. 5. މަރުކަޒުގައި އަގުނަގާ ޚިދުމަތްތަކަށް ނަގަންޖެހޭ ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ބަޖެޓާ ހަވާލުކުރުން. 6. އާސަންދައިގެދަށުން ބަލިމީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމާއި، އާސަންދައިގެދަށުން މަރުކަޒުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 7. މަތީގައިވާ ކަންކަމުގެ އިތުރުން، މަރުކަޒުގެ ވެރިންނާއި އިސްމުވައްޒަފުން އަންގަވާ، އޮފީހުގެ ރަސްމީ މަސައްކަތް ކުރުން. |
||
ތަޢުލީމާއި ތަޖުރިބާ:
|
1. ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. |
||
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސް. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ). މީގެ ތެރޭގައި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށައަޅާ ސެޓްފިކެޓްތައް (އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް) މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
||
ސުންގަޑި: |
2016 އެޕްރީލް 27 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒަށް. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
2 މޭ 2016 އާއި 19 މޭ 2016 އާ ދެމެދު ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގައި. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6760645 ނަންބަރު ފޯނަށް ނުވަތަ 6760087 ނަންބަރު ފޯނަށެވެ. |
11 ރަޖަބު 1437