ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ރަށާއި ތަން:

ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ    

ޔުނިޓް:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް   

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް. އެސް. 1

ޝަރުޠު / ތަޢުލީމީ ފެންވަރު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖޭ މައިގަނޑު މަސްއޫލިއްޔަތުތައް:

ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެދަށުން ކުރަންޖެހޭ ތިރީގައިމިވާ މަސައްކަތްތައް ކައުންސިލަރުންނާއި ސެކްޝަނުގެ ވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަޝްވާރާއާއި ލަފާގެމަތިން ރާވައި ހިންގައި ބެލެހެއްޓުން.

(1) ރަށުގެ މަގު ހެދުމާއި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

(2) ރަށުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރާއި، ކުނި ނައްތައިލުމުގެ ނިޒާމާއި، ތިމާވެށި ޙިމާޔަތްކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

(3) ރަށުގެ ބަނދަރުގެ ކަންތައްތައް ބެލެހެއްޓުމާއި، ފެރީ ދަތުރުފަތުރުގެ ކަންތައްތައް ކުރުން.

(4) ފެނާއި، ނަރުދަމާއާއި، ކަރަންޓް ފަދަ ޚިދުމަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

(5) ރަށުގެ އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި ބިންތަކާއި ޕާކްތައް ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.

(6) އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނާ ޚިލާފަށް ހިންގަމުންދާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި، އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާ ލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުސްކުޅިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމާއި، އެފަދަ މީހުންގެ ކަންތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.

(7) ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރަޒުނުވާގޮތުގެމަތިން، ރަށުގެ ބިން ދޫކުރުމާއި، ބިމާއި އިމާރާތާއި ގޯތިތައް ރަޖިސްޓްރީކުރުމާއި، ރަޖިސްޓްރީ ހެދުމާއި، ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ރަށުގައި އިމާރާތްކުރުމުގެ ކަންތައްތައް ބަލަހައްޓައި، އެކިފަރާތްތަކުން ރަށުގެ ބިމާބެހޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެނޫން ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

(8) ރަށުގެ ބިމުގެ ދަފުތަރު އެކުލަވައިލައި، އެ ދަފުތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައިލައި، ދައުލަތުގެ ކަމާބެހޭ އިދާރާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް  ކުރުން.

(9) ރަށުގެ ޤަބުރުސްތާނު ސާފުކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

(10) ރަށުގެ މަގުތަކާއި އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

(11) ރޭގަނޑު ރަށުގެ މަގުމަތި ދިއްލުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ހޯދައި، އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ރާވައި ހިންގައި ބެލެހެއްޓުން.

(12) ރަށުގައި މަދިރި އާލާވާ ތަން ނައްތައިލުމުގެ މަސައްކަތްކުރުމާއި، މަދިރި ކޮންޓްރޯލްކުރުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

(13) ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައްޔާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތާއި އެފަދަ ހާލަތްތަކުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

(14) މަގުމަތީގައި މީހުން ހިނގައި އުޅުމާއި، މަގުމަތީގައި އިންޖީނުލީ އެއްޗިއްސާއި އިންޖީނު ނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުމާއި، އާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަންދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

(15) އިސްވެ ބަޔާންވެދިޔަ ހުރިހާ ކަންކަމާ ގުޅޭގޮތުން ލިޔެ ތައްޔާރުކުރަންޖެހޭ ސިޓީ، މެސެޖް، ރިޕޯޓްތައް ލިޔެ ތައްޔާރުކޮށް ސެކްޝަން ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތިން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

(16) އިސްވެ ބަޔާންވެދިޔަ ހުރިހާ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް، ފަސޭހައިން ފެންނަގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

(17) ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެ މުވަޒަފަކު ކުރަމުންގެންދިޔަ މަސައްކަތް ވަގުތީގޮތުން ހަވާލުކޮށްފި ހިނދެއްގައި އެ މަސައްކަތް ތައް ކުރުން.

(18) ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، ދިމާވާ މުހިންމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، މި މަޤާމަށް ކުރިމަތިލާއިރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރަމުންދާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށް، އެކްރެޑިޓްކުރެވިފައި)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާއެކު ކޮޕީ އެޓެސްޓްކޮށް، އެކްރެޑިޓްކުރެވިފައި)

- ދިވެހި ރއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓްކޮށް، އެކްރެޑިޓްކުރެވިފައި)

ސުންގަޑި:

2016 އެޕްރީލް 25 ވާ ހޯމަދުވަހުގެ 14:00

އިންޓަވިއު އޮންނާނެ ތާރީޚު:

މި މަޤާމަށް އެދޭ ފަރާތްތަކާ އިންޓަވިއު ކުރުން އޮންނާނީ، 25 އެޕްރީލް 2016 އާއި 2 މޭ 2016 އާ ދެމެދު، ކޮލަމާފުށީ ކައުންސިލް އިދާރާގައެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6820017 ނަންބަރު ފޯނާއެވެ.

11 ރަޖަބު 1437

18 އޭޕްރިލް 2016
ހޯދާ