|
މަޤާމް:
|
އިމާމު / މުދިމް (ވަގުތީ)
|
|
ބޭނުންވާ އަދަދު:
|
2 (ދޭއް)
|
|
މަޤާމު އޮތް އޮފީސް:
|
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މަސްޖިދުއް ޞާބިރީން، މަސްޖިދުއް ނޫރު (ވަގުތީ މިސްކިތް)
|
|
މުސާރަ:
|
- ވޭޖް އެމްޕްލޯއީމަންޓް އުސޫލުގެދަށުން ހޮވޭ މުވައްޒަފުންނަށް މުސާރަދެވޭނީ މަސައްކަތްކުރާ ގަޑިއަށެވެ.
- އިމާމު/މުދިމް މަސައްކަތް ކުރަންޖެހޭނީ ދުވާލަކު 5 ގަޑިއިރުއެވެ. އެއީ، ކޮންމެ ނަމާދުވަގުތަކަށް ތިރީގައިމިވާ ގޮތުގެ މަތީންނެވެ.
ޖީ. އެސް. 1 ގެ މުދިމް: 33/77 ރުފިޔާ (ވަގުތަކަށް)
ޖީ. އެސް. 3 ގެ އިމާމު: 39/77 ރުފިޔާ (ވަގުތަކަށް)
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
އެއްބަސްވުމުގައިވާގޮތަށް މިސްކިތްތަކުގެ އިމާމުން/ މުދިމުން ޗުއްޓީގައި ތިބޭދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މިސްކިތަށް ހާޒިރުނުވެވޭފަދަ ދުވަސްތަކުގައި މިސްކިތުގައި ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުމާއި، މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން.
|
|
މަޤާމު
|
ރޭންކް
|
ކުލެސިފިކޭޝަން
|
ޝަރުޠު
|
މުސާރަ
|
ސަރވިސް އެލަވަންސް
|
|
މުދިމް
|
ޖީ.އެސް. 1
|
އެސިސްޓެންޓް އޮފިސަރ
ގްރޭޑް 1
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު؛
- އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛
- ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.
|
މަހަކު -/3،565 ރުފިޔާ
|
މަހަކު -/1،500 ރުފިޔާ
|
|
އިމާމު
|
ޖީ.އެސް. 3
|
އެސިސްޓެންޓް ޓެކްނިކަލް
އޮފިސަރ
ގްރޭޑް 1
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
- ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަހަކު -/4،465 ރުފިޔާ
|
މަހަކު -/1،500 ރުފިޔާ
|
|
މަޤާމް:
|
މަސައްކަތު (ވަގުތީ)
|
|
ބޭނުންވާ އަދަދު:
|
3 (ތިނެއް)
|
|
މަޤާމު އޮތް އޮފީސް:
|
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މަސްޖިދުއް ޞާބިރީން، މަސްޖިދުއް ނޫރު (ވަގުތީ މިސްކިތް)
|
|
މުސާރަ:
|
ވޭޖް އެމްޕްލޯއީމަންޓް އުސޫލުގެދަށުން ހޮވޭ މުވައްޒަފުންނަށް މުސާރަދެވޭނީ، މަސައްކަތްކުރާ ގަޑިއަށެވެ. މަސައްކަތްކުރާ ގަޑިއަކަށް 22/29 ރުފިޔާއެވެ.
|
|
މަސައްކަތްކުރަންޖެހޭ ގަޑީގެ އަދަދު:
|
ކޮންމެ ނަމަދުވަގުތަކަށް 30 މިނެޓް ހިމަނައިގެން 5 ގަޑިއިރު މަސައްކަތްކުރާގޮތަށް.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
އެއްބަސްވުމުގައިވާގޮތަށް، މިސްކިތްތަކުގެ މަސައްކަތުމީހުން ޗުއްޓީގައި ހުންނަ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މިސްކިތަށް ހާޒިރުނުވެވޭފަދަ ދުވަސްތަކުގައި މިސްކިތާއި މިސްކިތު ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ދާއިރާގެ ތެރެއިން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.
|
|
މަޤާމު
|
ރޭންކް
|
ކުލެސިފިކޭޝަން
|
ޝަރުޠު
|
މުސާރަ
|
ސަރވިސް އެލަވަންސް
|
|
މަސައްކަތު
|
އެސް.އެސް. 1
|
އެސިސްޓެންޓް އޮފިސަރ
ގްރޭޑް 1
|
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
|
މަހަކު -/3،100 ރުފިޔާ
|
މަހަކު -/1،000 ރުފިޔާ
|
|
|
ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- އިންޓަވިއު ކޮށްގެން.
|
|
މި މަޤާމުތަކަށް މީހުންހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ، ތ. މަޑިފުށީ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު އޮންނަ ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އަންގާނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދާއިރާއާ ގުޅޭ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (ކިޔަން އެނގޭ ސާފު ކޮޕީއެއް)
- އެހެންތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނެއްގެ ތައްގަނޑުޖެހި ލިޔުން.
|
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، 2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.
|
|
އިތުރު މަޢުލޫމާތު:
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6780034 ނަންބަރު ފޯނާއެވެ.
|
|
3 ރަޖަބު 1437
|