މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނައުން.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުން  އިލެކްޝަންސް ދުވަސްވަރުގައި ބްރޯޑްކާސްޓަރުން ޢަމަލު ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ބަލައި މޮނިޓަރ ކުރުމަށާއި 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ބްރޯޑްކާސްޓް ކުރުމުގެ މައްސަލަތައް ބެލުމާއި އަދި އިލެކްޝަންސާ ގުޅޭ ރިޕޯޓް ތައްޔާރު ކުރަން މި ކޮމިޝަނުން މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި 11 އޯގަސްޓް 2013 އިން ފެށިގެން  ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެވެންދެން ކޮމިޝަންގެ ރަސްމީ މަސައްކަތުގަޑިއަކީ ހެނދުނު 8:00 ން ހަވީރު 4:00 އަށް ކަމުގައި ހަމަޖައްސައި މި ކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

30 ރަމަޟާން 1434

07 އޮގަސްޓް 2013
ހޯދާ