ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލޭންޑިންގ ކުރާފްޓެއް ސަޕްލައިކުރުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ލޭންޑިންގ ކުރާފްޓެއް ސަޕްލައިކުރުން

މި ކޯޕަރޭޝަންގެ ކުނިމެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ލޭންޑިންގ ކުރާފްޓެއް ސަޕްލައިކޮށްދޭނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 18 އެޕްރީލް 2016އިން 24 އެޕްރީލް 2016އަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 14:00 އާ ދެމެދު ގަންނަން ބޭނުންވާ ފަރާތުގެ ލިޔުމަކާއެކު -/1000ރުފިޔާއަށެވެ. އަދި މިފައިސާއަކީ ރީފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ.

ޕްރީ-ބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އެޕްރީލް 2016 ވަނަ ދުވަހުގެ 14:00 ގައެވެ. އަދި ބީލަންފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީ-ބިޑް މީޓިންގގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވަޑައިގަތުމަކީ އެދެވިގެންވާ ކަމެކެވެ.

ބީލަން ހުށަހަޅުއްވާނީ ޓެކްނިކަލް އޮފަރ އަދި ކޮމާޝަލް އޮފަރ ވަކިން ދެސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ކޮންމެ ސިޓީއުރައެއްގައި އޮރިޖިނަލަކާއި ކޮޕީއެއް ހިމަނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ލޭންޑިންގ ކުރާފްޓެއް ސަޕްލައިކުރުން: 28 އެޕްރީލް 2016 ގެ 10:00 ގެ ކުރިން ނުހުޅުވުން އެދެން" މިހެން ލިޔެފައި ފޮނުއްވާނީ މިކޯޕަރޭޝަނުގެ ހެޑްއޮފީހަށެވެ. ބީލަން ހުށަހަޅާ ފަރާތްތަކުގެ ޓެކްނިކަލް އޮފަރ ހުޅުވާނީ 28 އެޕްރީލް 2016 ގެ 10:00ގައި މިކޯޕަރޭޝަންގެ މައި އިދާރާގެ ކޮންފަރެންސް މާލަމުގައެވެ. ބީލަންފޮތް ގަނެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ބީލަން ހުށައެއްނޭޅޭނެއެވެ.

ޓެކްނިކަލް އިވެލުއޭޝަނަށްފަހު ރިޕޯޓް ތައްޔާރުވުމުން، ކޮލިފައިވެފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ހުޅުވާނެ ތާރީޚާއި ގަޑި އަދި ތަނެއްގެ މަޢުލޫމާތު އެންގޭނެއެވެ. އަދި ޑިސްކޮލިފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ނުހުޅުވައި ރައްދުކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓް ކުރުމަށްފަހު ބީލަން ކާމިޔާބުކުރައްވާ ފަރާތަކާ މަސައްކަތް ހަވާލުކުރާނެއެވެ.

ބިޑް ހުށަހަޅުއްވާނީ 28 އެޕްރީލް 2016 ގެ 10:00އަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ ބީލަންފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިވާ އެޑްރެހަށެވެ.

ވޭސްޓް މެނެޖްމަންޓް  ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް# ، މަޖީދީމަގު

މައްޗަންގޮޅި، ޕޯސްޓަލް ކޯޑް:20161 ،

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައި މިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

ފޯން:       3000581 960+

ފެކްސް:      3000584 960+

އީ-މެއިލް:     [email protected]  

ވެބްސައިޓް:    www.wamco.com.mv   

07 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ