ވާދޫ ޞިއްޙީ މަރުކަޒު، ގދ. ވާދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: އެސް. އެސް. 1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އޮފީސް:

ގދ. ވާދޫ ޞިއްޙީމަރުކަޒު

ތަޢުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޞިއްޙީ މަރުކަޒުގެ ގޯތިތެރެ ސާފުކޮށް ބެލެހެއްޓުން.
  2. ޞިއްޙީ މަރުކަޒުގެ ގޯތިތެރޭގައި ހުންނަ ރުއްގަސް ސާފުކޮށް ބެލެހެއްޓުން.
  3. ޞިއްޙީ މަރުކަޒުގެ ގޯތިތެރޭގައި ގަސްއިންދައި، ތިމާވެއްޓާ ރައްޓެހި މާޙައުލަކަށް ހެދުން.
  4. ޞިއްޙީގޮތުން ހިންގާ އެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

އާންމުކޮށް މަސައްކަތްކުރަން ހަމަޖެހިފައިވާ ރަށް:

ގދ. ވާދޫ

އާންމުކޮށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ގަޑި:

ކަނޑައެޅިފައިވާ ޝިފްޓް ޑިއުޓީ ތާވަލާ އެއްގޮތަށް (ފުރަތަމަ ޝިފްޓް: ހެނދުނު 8:00 އިން 15:00 އަށް، ދެވަނަ ޝިފްޓް: ހަވީރު 15:00 އިން ރޭގަނޑު 11:00 އަށް)

ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރިސްކް އެލަވަންސް، ޝިފްޓް އެލަވެންސް

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:00 އާ ހަމަޔަށް މި މަރުކަޒުގެ އޮފީހުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓް: ވަޒީފާއާ ނުގުޅޭ ތަމްރީނަކަށް މާކުހެއް ނުލިބޭނެއެވެ.

ސުންގަޑި:

2016 އެޕްރީލް 25 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، މި މަރުކަޒުގެ އޮފީހަށް.

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚު:

ގދ.ވާ ދޫ ޞިއްޙީ މަރުކަޒުގައި، 2016 މޭމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި.

ނޯޓް: މި ވަޒީފާއަށް އެދޭ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6840094 އެވެ.

7 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ