މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ޞިއްޙީމަރުކަޒަށް ބައެއް ބަދަލު ގެނައުން

އިޢުލާން

ކުރީގެ ޞިއްޙީމަރުކަޒަށް ބައެއް ބަދަލު ގެނައުން

މިއިދާރާގައި ބެލުމުގެ ދަށުގައިވާ، ކުރީގެ ފޮއްދޫ ޞިއްޙީ މަރުކަޒު ހިންގި ޢިމާރާތް އެކޮމެޑޭޝަން ބްލޮކަކަށް ބަދަލުކޮށް، އިމާރާތުގެ އާބާތުރަ ފިލުވައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން އެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2016 އެޕްރީލް 17 ވާ އާދީއްތަ ދުވަހުގެ 13.00ގައި ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ. އަގު ހުށަހަޅުއްވާނީ 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށެވެ. ފެކްސް ނުވަތަ މެއިލުން ފޮނުއްވާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަ ޖެހިފައިވެއެވެ. ފެކްސް: 6560017 މެއިލް: [email protected] އެވެ. މެއިލް ނުވަތަ ފެކްސްއިން ފޮނުއްވާ އަންދާސީހިސާބުވެސް ފޮނުއްވަންވާނީ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ