ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TES/2016/C-005
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު
މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމަށްޓަކައި ޑީޓެއިލްޑް ޑިޒައިން ހެދުމާއި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރުމަށް ކޮންސަލްޓެންޓެއް ހޯދުން
1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން މާލެއާއި ހުޅުމާލޭގެ ކަރަންޓުވިއުގަ ގުޅުވާލުމަށްޓަކައި ޑީޓެއިލްޑް ޑިޒައިން ހެދުމަށާއި ޓެންޑަރ ޑޮކިއުމެންޓްތައް ތައްޔާރުކުރުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތުގެ މަޤުޞަދަކީ މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލައި، ޒަމާނީ ނިޒާމެއްގެތެރެއިން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދިނުމެވެ.
ކޮންސަލްޓެންސީއަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތައް މި މަސައްކަތުގެ "ޓަރމްސް އޮފް ރިފަރެންސް"ގައި ހިމެނިފައިވާނެއެވެ. މި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ މަސައްކަތާ ހަވާލުކުރެވިފައިވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ޕްރޮޕޯޒަލް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.
2. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 14 އެޕްރީލް 2016 އިން 28 އެޕްރީލް 2016 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް، ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްދެވޭނެއެވެ. އަދި މި މަސައްކަތުގެ ބީލަންފޮތް (ޓާރމްސް އޮފް ރިފަރެންސް) 14 އެޕްރީލް 2016 އިން 28 އެޕްރީލް 2016 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މި މިނިސްޓްރީން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައިވެސް ބީލަންފޮތް ޝާއިޢުކުރެވިފައިވާނެއެވެ.
3. ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 5 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯޒަލް" ހުށަހެޅުއްވުން އެދެމެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
އީމެއިލް އެޑްރެސް: [email protected]
