ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު (ވަގުތީ)

ކޮންޓްރެކްޓްގެ މުއްދަތު: 1 އަހަރުދުވަސް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް

އޮފީސް/ އިދާރާ: ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ. 

ސެކްޝަން / ޔުނިޓް: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން: ދ. ކުޑަހުވަދޫ ކައުންސިލްގެ އިދާރާ (ކުޑަހުވަދޫ ފުޓްބޯޅަދަނޑު)

މަޤާމުގެ ޝަރުޠުތައް:

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

2- ގިނަވަގުތުގައި މަސައްކަތުގައި ހޭދަކުރެވޭ މީހަކަށްވުން.

3. 18 އަހަރު ފުރި، 65 އަހަރު ނުފުރޭ މީހަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ.

1- ކޮންމެ ދުވަހަކު 1 ފަހަރު ދަނޑަށް ފެންޖެހުމުގެ މަސައްކަތްކުރުން.

2- ކޮންމެ ދުވަހަކު މަދުވެގެން 3 ގަޑިއިރު ވިނަނޮޅުމުގެ މަސައްކަތްކުރުން.

3- ހަފްތާއަކު 2 ދުވަހު ދަނޑަށް ބޭސްޖެހުމުގެ މަސައްކަތްކުރުން.

4- ކައުންސިލް އިދާރާއިން އަންގަވާގޮތެއްގެމަތިން، އިތުރުގަޑީގައި މަސައްކަތްކުރުން.

5- މަސައްކަތްކުރަންޖެހޭ ދަނޑުގައި ފުޓުބޯޅަ މުބާރާތެއް ހިނގާނަމަ، ކައުންސިލުން ކަނޑައަޅާގޮތަކަށް އެ މަސައްކަތުގައި ބައިވެރިވުން.   

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމުގެ ސިފަތައް، މި ބައިތަކުން އެންމެމަތިން ސްކޯކުރާ ފަރާތް (މެރިޓް އުޞޫލުން)

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިޔު  އޮންނާނީ،  2016 އެޕްރީލް 24 އިން ފެށިގެން  ރަސްމީ 3 ދުވަހުގެ  މުއްދަތަށް  ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގުގަގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން، އިންޓަވިއުގެ މުއްދަތުގައި މި ރަށުގައި ތިބެންވާނެއެވެ. އިންޓަވިއުގެ މުއްދަތުގައި ރަށުގައި ނޫޅޭ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާ ގެއްލުމުގައި މި އިދާރާއިން ޒިންމާއެއް ނުވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 އެޕްރީލް 21 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުންނެވެ.

އުޖޫރައާއި ޢިނާޔަތްތައް:

- އަސާސީ މުސާރަ: މަހަކު -/3،100 ރުފިޔާ

- އެލަވަންސް: މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/60 ރުފިޔާ

- މީގެ އިތުރުންވެސް އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު.

ނޯޓު: މި އިޢުލާނުގައި ބަޔާންވެފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ. އެކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް އެމީހަކު ހާޒިރުވާއިރު އެ ލިޔުންތަކުގެ އަޞްލު ގެނެސް ލިއުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށް، މި އިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚު ޖަހައިގެންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6760667 އެވެ. އީ މެއިލްކުރާނީ، [email protected] އަށެވެ.

4 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ