ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
'ލޯތްބަކީ..؟' ކެމްޕެއިންގެ ޙަރާކާތެއްގެ ގޮތުގައި ބާއްވާ ކުރެހުމުގެ މުބާރާތް

"ލޯތްބަކީ..؟" ކެމްޕެއިންގެ ޙަރާކާތެއްގެ ގޮތުގައި ބާއްވާ ކުރެހުމުގެ މުބާރާތް

މި އޮތޯރިޓީގެ ނަންބަރު (IUL)450-CA/1/2016/12 އާ ގުޅޭ - ސުންގަޑި އިތުރުކުރުން

މަޤްޞަދު: ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އަދި ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުންނާއި، "ޢާއިލީ ލޯބި" އަދި "ޢާއިލީ ގުޅުމުގެ" މުހިންމުކަމާ ގުޅޭގޮތުން ފުރާވަރު އަދި ޒުވާން އުމުރުފުރާގެ ކުދިން ހޭލުންތެރިކުރުވުން.

ތީމު:  "ޢާއިލާ ލޯބި" އަދި "ޢާއިލީ ގުޅުން"

ބައިވެރިން:  ކުރެހުންތައް ހުށަހެޅޭނީ ގްރޭޑް 8-12 އަދި 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.  

ކުރެހުން ހުށަހެޅުން:  މުބާރާތަށް ހުށަހަޅާ ކުރެހުންތައް ހުށަހަޅުމުގެ ސުންގަޑިއަކީ 20 އެޕްރީލް 2016 ވަނަ ދުވަހުގެ 14:00ގެ ކުރިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ (ހ.ފުލިދޫގެ، 2 ވަނަ ފަންގިފިލާ) އޮފީހަށެވެ. ހުށަހެޅޭ ކުރެހުންތަކާއެކު ކުރެހުން ފޮނުވި ފަރާތުގެ ނަމާއި، އައި.ޑީ.ކާޑުގެ ނަންބަރު، އެޑްރެސް، އަދި ގުޅޭނެ ފޯނު ނަންބަރެއް ފޮނުވަންވާނެއެވެ. ކުރެހުން ހުށަހަޅަންވާނީ އޭ 3 ސައިޒްގެ ކަރުދާހުގައެވެ.

ހުށަހެޅޭ ކުރެހުންތަކާއެކު ކުރެހެމުން ދައްކުވައިދޭ މެސެޖް ނުވަތަ ކުރެހެމުގެ ކުރު ތަޢާރުފެއް (ކެޕްޝަނެއް) ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ތަޢާރުފު ދިވެހިބަހުން ނޫނީ އިނގިރޭސިބަހުން ހުށަހެޅިދާނެއެވެ.

މުބާރާތުގެ ފަނޑިޔާރުން: މި މުބާރާތަށް ފަނޑިޔާރުން ހަމަޖައްސާނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީންނެވެ. ފަނޑިޔާރުންގެ އަދަދަކީ 5 އެވެ. 

އިންސާފުކުރުން: ކުރެހުންތަކަށް ވަނަ ހޮވުމުގައި ބެލޭނީ ތިރީގައިވާ ކްރައިޓީރިއާއަށެވެ.

- ކުރެހުމުން ދައްކުވައިދޭ މާނަ އަދި މެސެޖް - %20

- މަޤްޞަދު ޙާސިލްވެފައިވާ މިންވަރު - %20

- އާ ޚިޔާލާއި އުފެއްދުން - %20

- އުފެއްދުންތެރިކަން - %20

- ބޭނުންކޮށްފައިވާ ހުނަރު - %20

މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކާއި ދެވޭ އިނާމުތައް:

1- 1 ވަނަ އިނާމު: -/3,500 ރުފިޔާ

2- 2 ވަނަ އިނާމު: -/3,000 ރުފިޔާ

3- 3 ވަނަ އިނާމު: -/2,500 ރުފިޔާ

4- އާރޓް އެގްޒިބިޝަނަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކުރެހުމަށް: -/2,000 ރުފިޔާ

އެހެނިހެން:

  • ހުށަހެޅޭ ކުރެހުންތަކުގެ ތެރެއިން މުޖުތަމަޢު ބަލައިގަންނަ ސުލޫކީ މިންގަނޑުތަކަށް ފެތޭ ކުރެހުންތައް 07 މޭ 2016 ވާ ދުވަހު ދަރުބާރުގޭގެ ބިއްލޫރިމާލަމުގައި އާންމުންނަށް ހުޅުވާލައިގެން ދައްކާލެވޭނެއެވެ. އަދި އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދާ ކުރެހުންތަކަށް މިޙަފުލާގައި އިނާމު ހަވާލުކުރެވޭނެއެވެ. އާންމުން އެންމެ ގިނަ ވޯޓް ދިން ކުރެހުމަށް އެވޯޑް ދެވޭނީ ފަހުންނެވެ.
  • މުބާރާތަށް ފޮނުވާ ކުރެހުމަކީ އެކުރެހުން ކުރެހި ފަރާތެއްގެ އަމިއްލަ އުފެއްދުމަކަށް ވާންވާނެއެވެ. ހުށަހެޅިފައިވާ ކުރެހުމަކީ އެހެން ފަރާތެއްގެ މިލްކެއްކަމަށް އޮތޯރިޓީއަށް ފާހަގަ ކުރެވިއްޖެ ހާލަތެއްގައި އިތުރު އެންގުމަކާ ނުލާ އެކުރެހުމެއް ގަބޫލުނުކުރެވޭނެއެވެ.
  • އެހެން ފަރާތެއްގެ ކުރެހުމެއް މުބާރާތުގައި ބައިވެރިކޮށްގެން އެއްވެސް ޒިންމާއެއް އުފުލަން ޖެހިއްޖެނަމަ، އެ ޒިންމާ އުފުލަންޖެހޭނީ ކުރެހުން ހުށަހެޅި ފަރާތަކުންނެވެ.
  • މި ކުރެހުން މި އޮތޯރިޓީގެ އެކިއެކި މަސައްކަތްތަކުގައި ބޭނުންކުރެވޭނެއެވެ.

އިތުރު މައުލޫމާތު: ފޯން: 3010551

05 ރަޖަބު 1437

12 އޭޕްރިލް 2016
ހޯދާ