މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އޮފިސަރ، ޕެސެންޖަރ ސަރވިސަސް
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޕެސެންޖަރ ސަރވިސަސް

ޝަރުޠު:

  • އިނގިރޭސިއާއެކު އޯލެވެލްގެ 2 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

  • އެސް.އެސް.ސީ އިމްތިޙާންގެ ދިވެހިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

  • ކޮމްޕިއުޓަރ އެޕްލިކޭޝަންތައް (އެމް. އެސް. އޮފީސް) ބޭނުންކުރަން އެނގުން.

  • އިނގިރޭސިބަހުންނާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

  • އުމުރު: 18 އަހަރާއި 30 އަހަރާ ދެމެދު.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/11،000 އާއި -/12،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕަސެންޖަރުން ޗެކް-އިން ކުރުމުގެ އެންމެހާ ކަންތައްތައް ކޮމްޕިއުޓަރ ޕްރޮގްރާމުން ފުރިހަމަކުރުމާއި، ސީޓް ނަންބަރު ދިނުމާއި، ބޯޑިންގް ފާސް ދިނުމާއި، ލަގޭޖް ލޭބަލް ދިނުމާއިި، މަތިންދާ ބޯޓުން ގޭޓަށް، އަދި ގޭޓުން މަތިންދާ ބޯޓަށް ޕަސެންޖަރުން އެސްކޯޓް ކުރުން.

  • ކަނޑައެޅިފައިވާ ވަގުތުގައި ޓްރާންސިޝަންތައް ބެލެހެއްޓުން (އެގޮތުން ޑިލޭ ނުވަތަ ކެންސަލްވާ ފްލައިޓްތަކާއި އަދި ހަލާކުވާ ނުވަތަ ގެއްލޭ ލަގޭޖްތަކާ ގުޅިގެން ކުރިމަތިވާ ކަންތައްތައް ހައްލުކުރުން)

  • ކަސްޓަމަރުންނާ މުޢާމަލާތްކޮށް، ސުވާލުތަކަށް ޖަވާބުދާރީވެ، ޕަސެންޖަރަކު ޚާއްޞަ ރިކުއެސްޓަކަށް އެދެފި ހިނދެއްގައި އެކަމެއް ކޮށްދެވޭނޭ މަގުފަހިކޮށްދިނުން.

  • އަބަދުވެސް ހިނިތުންވުމާއެކު، ޕްރޮފެޝަނަލް ގޮތެއްގައި ޕަސެންޖަރުން ނުވަތަ ކަސްޓަމަރުންގެ ޝަކުވާތަކަށް ޖަވާބުދާރީވުން.

  • މަސައްކަތާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔުންތައް އަދި ފޯމުތައް ފުރިހަމަ ކުރުމާއި އެންޓަރ ކުރުން.

މަޤާމް :ހައުސް ކީޕަރ
ބޭނުންވާ އަދަދު :17

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޓަރމިނަލް ސަރވިސަސް

ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރުހުރުން، ނުވަތަ ލިޔަންކިޔަން އެނގުން.

  • ޞިއްޙަތު ރަނގަޅު، ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

  • އުމުރު: 25 އަހަރާއި 40 އަހަރާ ދެމެދު.

  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ އަންހެން ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/10،000 އާއި -/11،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެއަރޕޯޓްގެ ޓަރމިނަލްތަކުގެ އެންމެހައި ސަރަހައްދުތަކަކީ ޕަސެންޖަރުންނަށް ސާފުތާހިރު އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.

  • ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ޓާރމިނަލްގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

  • ޓަރމިނަލްގެ އެތެރެއާއި ބޭރުގައިވާ އެންމެހައި ފަރުނީޗަރުތައް ގަވާއިދުން ސާފުތާހިރުކޮށް ބެލެހެއްޓުން.

  • މަސައްކަތްކުރުމަށް ގެންގުޅޭ އެންމެހައި މެޝިނަރީ އަދި ޓޫލްސް ފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ޗެކްކުރުން.

މަޤާމް :ފޯމަން
ބޭނުންވާ އަދަދު :2

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޓަރމިނަލް ސަރވިސަސް

ޝަރުޠު:

  • އޯލެވެލް ހަދާފައިވުން / ގްރޭޑް 10 ގެ ފެންވަރު ހުރުން. (ގްރޭޑް 10 ގެ ލީވިންގ ސެޓުފިކެޓު ލިބިފައިވުން)

  • ޞިއްޙަތު ރަނގަޅު، ގިނަ ވަގުތު މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

  • އުމުރު: 25 އަހަރާއި 35 އަހަރާ ދެމެދު.

  • ތަންތަން ސާފުކުރުމަށް ބޭނުންކުރެވޭ އެކި ކެމިކަލާ ބެހޭ މަޢުލޫމާތު ލިބިފައިވުން.

  • މަތީގައިވާ ޝަރުޠުތައް ފުރިހަމަވުމުގެ އިތުރުން، ސާފުކުރުމުގެ މަސައްކަތް ހިންގުމުގައި ނުވަތަ ގުޅުންހުރި މަޤާމެއްގައި ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

މުސާރަ އާއި އިނާޔަތްތައް: މަހަކު -/14،000 އާއި -/16،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޓަރމިނަލް ސާފުކުރުމާބެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒްކޮށް، ކޯޑިނޭޓްކުރުން.

  • ހައުސް ކީޕަރުންނަށް މަސައްކަތް ހަވާލުކުރުން.

  • ޓަރމިނަލްގައިވާ އެންމެހައި އިމާރާތްތަކުގެ ސާފުތާހިރުކަމުގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށް މަސައްކަތްކުރުން.

  • ޓަރމިނަލަކީ އެންމެހައި ޕަސެންޖަރުންނަށްޓަކައި ސާފުތާހިރު އަދި ރައްކާތެރި ތަނަކަށް ހެދުން.

މަޤާމް :ކިޗަން ހެލްޕަރ
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ލައުންޖް

ޝަރުޠު:

  • "ބޭސިކް ފުޑް ޕްރޮޑަކްޝަން ކޯސް" ފަދަ ކެއްކުމާއި، ކާބޯތަކެތި ތައްޔާރުކުރުމާބެހޭ ކޯހެއް ފުރިހަމަކޮށް، ޤަބޫލުކުރެވޭ ފެންވަރުގެ ތަނަކުން ސެޓުފިކެޓު ހާސިލުކޮށްފައިވުން.

  • ހޮޓެލް ނުވަތަ ރެސްޓޯރެންޓެއްގެ ބަދިގޭގައި 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  • އުމުރު: 25 އަހަރާއި 40 އަހަރާ ދެމެދު.

 މުސާރަ އާއި އިނާޔަތްތައް: މަހަކު -/10،000 އާއި -/11،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބޭނުންކުރެވޭ ބަދިގޭ ސާމާނާއި ތަށިތައް ދޮވެ ސާފުކުރުމާއި، ކައްކާތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

  • ކާބޯތަކެތި ތައްޔާރުކުރުމުގައި އެހީތެރިވުމާއި، އެތަކެތި ގެންދަންޖެހޭ ތަންތަނަށް ގެންދިއުން.

  • ބުފޭ ކައުންޓަރު ތައްޔާރުކުރުމަށް އެހީތެރިވުމާއި، ކައުންޓަރަށް ބޭނުންވާ ތަކެތި ގެނައުން.

  • ކައްކާތަނުގައި ބެހެއްޓިފައިވާ ހަރުތައް އޯގަނައިޒްކޮށް، ސާފުކޮށް ބެލެހެއްޓުމާއި، ސްޓޮކް ގުނުމުގައި އެހީތެރިވުން.

  • ގަވާއިދުން ޝެޑިއުލާ އެއްގޮތަށް ހުރިހާ ވައިގޮޅިތަކެއް ސާފުކުރޭތޯ ބެލުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –  3325511

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކި ސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

13 އޭޕްރިލް 2016
ހޯދާ