އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

ބިޑް ނަންބަރު: AI/BID/2016/019

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކުންފުނީގެ ކަސްޓަމަރ ޚިދުމަތްދޭ އޮފީސް (ހ.އޯކިޑް، އަމީރު އަޙްމަދު މަގު) ގައި ހަވީރު 4:00 ން ހެނދުނު 8:00 އަށް ސެކިއުރިޓީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މިކުންފުނީގެ ހެޑްއޮފީހަށް (އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގެ 04 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށެވެ.  

އަންދާސީހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދުދޭ ގޮތަކަށެވެ.

04 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ