ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ ގޯތިތެރޭގައި ހިމެނޭ ބައެއް ތަންތަން ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޢިމާރާތްތަކާއި ގޯތިތެރެއާއި މިނޫނަސް ހޮސްޕިޓަލުގެ ގޯތިތެރޭގައި ހިމެނޭ ބައެއް ތަންތަން ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: HRH/IU/2016/01 އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން މިކަމަށް އެދި ސިޓީ ފޮނުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވޭނީ އިސްވެދެންނެވި ތާރީޚުގެ ސުންގަޑި ހަމަވުމުގެ ކުރިން މިކަމަށް އެދި ސިޓީ ފޮނުވާ ފަރާތްތަކުގެ ތެރެއިން، 20 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މި ބީލަމާބެހޭ ލިޔުންތައް ނަންގަވާ ފަރާތްތަކަށެވެ. ބީލަން ދޫކުރެވޭނީ ޕްރިންޓް ކޮށްފައެވެ.

ބީލަމުގެ ޕްރީ ބިޑް މީޓިންގ އޮންނާނީ 24 އެޕްރީލް 2016ވާ އާދީއްތަ ދުވަހުގެ 13:00ގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 28 އެޕްރީލް 2016ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.

ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުށަހަޅުއްވާއިރު ހުރިހާ ލިޔުމެއްގެ އަސްލާއެކު އިތުރު ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިމިވާގޮތަށް އެޑްރެސް ކުރައްވަންވާނެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އައްޑޫ ސިޓީ / ދިވެހިރާއްޖެ

ޓެންޑަރ ކުރެވިފައިވާ މަސައްކަތް ހަވާލުކުރާނެ ފަރާތެއް އެކަށައެޅުމުގައި ތިރީގައިމިވާ މިންގަނޑުތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

ހ-

ށ-

ބީލަން ހުށަހަޅާ ފަރާތުގެ ތަޖުރިބާއާއި ފަންނީ ޤާބިލުކަން

ބީލަން ހުށަހަޅާފަރާތުގެ މަލީ ޤާބިލުކަން                      

15 ޕޮއިންޓް

15 ޕޮއިންޓް

ނ-

މަސައްކަތް ކުރުމަށް ހުށަހަޅާ އަގު

70 ޕޮއިންޓް

 

ޖުމްލަ ޕޮއިންޓް

100 ޕޮއިންޓް

04 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ