މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ސެކްޝަން:

އެންވަޔަރަންމަންޓް ޔުނިޓް

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:

އެމް. އެސް. 3

 

ބޭނުންވާ ތަޢުލީމީ ދާއިރާ:

1.1  އެންވަޔަރަންމަންޓަލް ސައިންސްގެ ތިރީގައިމިވާ ދާއިރާތައް.

  • އެންވަޔަރަންމަންޓަލް އިންޑިކޭޓަރސް އެންޑް އިމްޕެކްޓް އެސެސްމަންޓް
  •  އެންވަޔަރަންމަންޓަލް މޮނިޓަރިންގ
  • ނެޗުރަލް ރިސޯސަސް އެންޑް ކޮންޒަރވޭޝަން
  • ނެޗުރަލް ރިސޯސަސް މެނޭޖްމަންޓް އެންޑް ޕޮލިސީ
  • ސަސްޓެއިނަބިލިޓީ ނުވަތަ އެންވަޔަރަންމަންޓަލް ހެލްތު އެންޑް ޕްރޮޓެކްޝަން. ނުވަތަ؛

2.1 ސިވިލް އެންޑް އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ

 

 

 

 

މަޤާމުގެ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބެނުންވާ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމަށް ބޭނުންވާ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މަޤާމަށް ބޭނުންވާ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ؛

5. މަޤާމަށް ބޭނުންވާ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޓޫރިޒަމް ޕްލޭނިންގ ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ކޯސްޓަލް ޒޯން މެނޭޖްމަންޓުގެ ދާއިރާއިން އީ.އައި.އޭ. އާ ގުޅޭ، ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2. ކޯސްޓަލްޒޯން މެނޭޖްމަންޓުގެ ދާއިރާއިން އީ.އައި.އޭ. އާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާ ދަތުރުތައް ކުރުމާއި، ސަވޭކޮށް ރިޕޯޓްހެދުން.

3. އީ.އައި.އޭ ޔުނިޓުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި، މުވައްޒަފުންގެ މަސައްކަތްތައް ރާވައި ހިންގައި، ޔުނިޓު ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް، ވެރިންގެ ލަފާގެމަތިން ކުރުން.

4. އީ.އައި.އޭ. ގެ ރިޕޯޓްތައް އިވެލުއޭޓްކުރުމާއި، އިވެލުއޭޓް ކުރުމަށްފަހު އިވެލުއޭޓަރުންގެ ފަރާތުން ލިބޭ މަޢުލޫމާތު އިތުރަށް އެސެސްކޮށް، ރިޕޯޓާމެދު ގޮތެއް ނިންމުމަށް ކަމާބެހޭ ފަރާތްތަކާ ވިލަރެސްކުރުން.

5. ކޮންސަލްޓަންޓުންނާއި، ރިޕޯޓް ވަޒަންކުރައްވާ ފަރާތްތަކާއި، މަޝްރޫޢު ހިންގާ ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކާއެކު ވިލަރެސްކުރުން.

6. އީ.އައި.އޭ ހެދިފައިވާ މަޝްރޫޢުތައް ކުރިއަށްދާގޮތް މޮނިޓަރކުރުމާއި، މޮނިޓަރިންގ ދަތުރުތަކުގައި ބައިވެރިވެ، ދަތުރާ ގުޅޭގޮތުން ތައްޔާރު ކުރެވޭ ރިޕޯޓްތައް ބަލައި ވަޒަންކުރުން.

7. ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ފޯމުތައް ފުރިހަމަކުރުން.

8. ސްކޯޕިންގ މީޓިންގތަކުގައި ބައިވެރިވެ، މަޝްރޫޢުތަކުގެ އީ.އައި.އޭ ހެދުމަށް ޓާރމްސް އޮފް ރިފަރެންސް އާމެދު މަޝްވަރާކުރުން.

9. އީ.އައި.އޭ އާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ރާވައި، ދަތުރުގައި ބައިވެރިވާނެ މުވައްޒަފުން ހަމަޖެއްސުން.

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި، ސަރވިސް އެލަވަންސާއި، ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސް.

 

މީހުން ހޮވުމުގައި އިތުރަށް

ބަލާނެ ކަންތައްތައް:

  1. އޮޓޯކެޑް ބޭނުންކުރުމުގެ ތަޖުރިބާހުރި މީހެއްކަމުގައިވުން.
  2. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.
  4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.
  5. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.
  6. އިނގިރޭސި ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.
  7. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މި މިނިސްޓްރީ (ވެލާނާގޭގެ، 5 ވަނަ ފަންގިފިލާ) އަށް ހުށަހެޅުން އެދެން.

އިންޓަވިއު:

- މި  މަޤާމަށް  ޝޯޓްލިސްޓްކުރެވޭ  ފަރާތްތަކާ  އިންޓަވިއުކުރަން  ހަމަޖެހިފައިވަނީ،  މި  އިޢުލާނުގެ  ސުންގަޑި  ހަމަވާ  ތާރީޚުން ފެށިގެން 1 ހަފްތާގެ ތެރޭގައި މިމިނިސްޓްރީގެ މީޓިންގ ރޫމުގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަހުގެ ކުރިން، އިންޓަވިއުއަށް އަންނަންވީ ވަގުތު އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3022200 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ.

4 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ