ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްނަގާ ބޯޓަކާއި އެބޯޓުގައިވާ އެންމެހާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުން
އިޢުލާން
މަސްނަގާ ބޯޓަކާއި އެބޯޓުގައިވާ އެންމެހާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުން
މިއިދާރާގެ ބެލުމުގެ ދަށުގައިވާ މަސްނަގާ ބޯޓެއް ކަމަށްވާ “kavindi Mirussa’’ ބޯޓާއި އެބޯޓުގައިވާ އެންމެހާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކުމަށް ނިންމައިފީމެވެ.
ނީލަމާބެހޭ އިތުރު މައުލޫމާތު
- ބޯޓުގެ ބޮޑުމިން: (ދިގު 40 ފޫޓު ، ފުޅާ 11 ފޫޓް)
- ބޯޓުގެ ނީލަން ފެށޭ އަގު: -/45000 ރުފިޔާ ( ސާޅީސް ފަސްހާސް ރުފިޔާ )
- ނީލަން އަގު މަތި ކުރެވޭނެ އެންމެ ކުޑަ އަގު: -/2000 ރުފިޔާ ( ދެހާސް ރުފިޔާ )
- ނީލަމުގައިވާ އަގު ބަދަލުކުރެވޭނީ ކޮންމެ ދުވަހަކުވެސް 12:00 ގައެވެ. މިގޮތުން އެދުވަހެއްގައި ބޯޑަށް އަރުވައި ފޮށި ހުޅުވާނީ ނުވަތަ ސިޓީތައް ބަލައިގަނެވޭނީ އެދުވަހުގެ 11:45ގެ ކުރިން ގެންނަ ސިޓީތަކެވެ. އޭގެ ފަހުން ފޮށްޓަށްލާ ސިޓީތަކުގެ އަގު ބޯޑަށް އެރުވޭނީ ޖެހިގެން އަންނަ ދުވަހުގެ 12:00 ގައެވެ.
- ނީލަމުގައިވާ އަގު ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ، އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. (ދެދުވަހުގެ ގޮތުގައި ބެލެވޭނީ ނޯޓިސްބޯޑަށް އަގު އަރުވާ ގަޑިން ފެށިގެން 48 ގަޑިއިރު ވުމުންނެވެ.)
- ސިޓީލާ ނީލަމުގައިވާ އެއްޗެއްގެ ނީލަން ނިމިއްޖެނަމަ، އެކަން އެނީލަން ކާމިޔާބުކުރި ފަރާތަށް 24 ގަޑިއިރުތެރޭގައި އަންގާނެއެވެ.
- އެއްފަރާތަށްވުރެ ގިނަ ފަރާތުން އެއްއަގެއް އެންމެމަތީ އަގެއް ގޮތުގައި ހުށަހަޅާފައިވާނަމަ، އެދުވަހުގެ 12:00ގެ ކުރިން ފޯނުން އެފަރާތަކަށް އެންގޭނެއެވެ.
- ނީލަމުން ބޯޓު ނަގާ ފަރާތުން ނީލަން ނިމޭތާ 3 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދައްކަންވާނެއެވެ. މިގޮތަށް ފައިސާ ދައްކާފައި ނުވާނަމަ، އިންޒާރު ސިޓީއާއެކު އިތުރު 3 ދުވަހުގެ މުއްދަތެއް ފައިސާ ދެއްކުމަށް ނީލަން ކާމިޔާބުކުރި ފަރާތަކަށް ދެވޭނެއެވެ.
ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލްގެ ޒަރީޢާއިންވެސް އަގު ހުށަހެޅިދާނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އުޅަނދު ބެއްލެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި މިއިދާރާގެ، 6820020 ނުވަތަ 7974658 ނަންބަރު ފޯނާއެވެ.
7 ރަޖަބު 1437
14 އޭޕްރިލް 2016
ހޯދާ