ދިވެހިރާއްޖެ
އިޢުލާން
ސްކޫލަށް ބޭނުންވާ ތަކެތި ހޯދުން:
މި ސްކޫލުގެ ނަންބަރު GS104-A/IUL/2016/05 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާނުކުރަމެވެ.
މި ސްކޫލުގެ އާ ޢިމާރާތުގެ ސްޓާފްރޫމަށް މި ދަންނަވާ ތަކެތި އަމިއްލަ ޚަރަދުގައި ގެނެސް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
2 އެއަރ ކޮންޑިޝަން (ހަރުކުރުމާއެކު)
3 ޓީޗަރސް ލޮކަރ
4 ގަނޑު ދޮރުފޮތި (ހަރުކުރުމާއެކު)
1 ރެފްރިޖަރޭޓަރ
1 ޕްރޮޖެކްޓަރ
ވީމާ، މިތަކެތި ގެނެސް، ހަރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 އެޕްރީލް 21 ވަނަ ދުވަހުގެ 13:00 އަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާނަމަ، އެ ފަރާތްތަކުން އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ބިޑު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 2016 އެޕްރީލް 28 ވަނަ ދުވަހުގެ 13:00 އަށް ޅައިމަގު ސްކޫލް އޮފީހަށެވެ. މަޢުލޫމާތު ސާފުކުރުމަށާއި، ބިޑު ހުށަހެޅުމަށް ވަޑައިގަންނަވާއިރު، ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.
އެހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
04 ރަޖަބު 1437