ދިވެހިރާއްޖެ
އިޢުލާން
ރަސްގެތީމު ފުޓްސަލްދަނޑުގައި ލައިޓް ސިސްޓަމް ހަރުކޮށް ގާއަތުރައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:
މިކައުންސިލުން ދައްކާ ނަމޫނާއާ އެއްގޮތަށް ފުޓްސަލްދަނޑުގައި ގާއެތުރުމާއި ލައިޓް ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް 13 މާރިޗު 2016 ގައި ކުރެވުނު ނަންބަރު: 20/2016/300/(IUL)300-EC އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުވުމުން އިޢުލާނު ބާޠިލުކޮށް، އަލުން މި މަސައްކަތްކުރުމަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ކައުންސިލުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިގަނެވެންނެތް ވާހަކަ ދަންނަވަމެވެ.
5 ރަޖަބު 1437