ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ހއ.ތުރާކުނު ކައުންސިލު އިދާރާގެ ހުޅަނގުފަރާތަށް ބައެއް އިތުރުކޮށް، ބައެއް މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މިއިދާރާގެ ޢިމާރާތުގެ ހުޅަނގުފަރާތަށް ބައެއް އިތުރުކޮށް، ބައެއް މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލް 19 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ހއ.ތުރާކުނު ކައުންސިލް އިދާރާގެ ހުޅަނގު ފަރާތަށް ބައެއް އިތުރުކޮށް، ބައެއް މަރާމާތުކޮށްދިނުމަށް އެދި" މިގޮތަށް ލިޔުއްވަންވާނެއެވެ.

އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާމީހާގެ އައި.ޑީ ކާޑުގެ އަސްލާއެކު ސިޓީ ހުށަހަޅަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

27 ޖުމާދަލްއާޚިރާ 1437 

05 އޭޕްރިލް 2016
ހޯދާ