މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރެހުމަކާ އެއްގޮތަށް 11 ހޮޅިދަނޑި ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

މި ކައުންސިލުން ދޭ ކުރެހުމާ އެއްގޮތަށް 11 ހޮޅިދަނޑި ހަދައިދޭނެ ފަރާތެއް ހޯދުމަށްޓަކައި މި އިދާރާއިން ކުރި ނަންބަރު: 331/2016/18 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި ކައުންސިލުން ދޭ ކުރެހުމާ އެއްގޮތަށް މަގުމަތީ ލައިޓް ޖެހުމަށް ބޭނުންވާ 11 ހޮޅިދަނޑި ހަދައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

04 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ