ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރިސައިކްލިންގ ކޮންސަލްޓަންޓެއް ބޭނުންވެއްޖެ

ރިސައިކްލިންގ ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހުންނެވެ.

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު:

ރިސައިކްލިންގ ކޮންސަލްޓެންޓް – މާލެ ސަރަޙައްދު

ވަޒީފާގެ ބާވަތް:

ވަގުތީ (6 މަސްދުވަސް)

މުސާރައާއި އިނާޔަތްތައް:

-/20,000 އާއި -/25,000 އާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން:

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު

01

މަޤާމުގެ ޝަރުޠުތައް:

  1. މެނޭޖްމަންޓް/ އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕްލޭނިންގ އާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މެނޭޖްމަންޓް/ އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕްލޭނިންގ އާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މެނޭޖްމަންޓް/ އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕްލޭނިންގ އާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. ކޮންސަލްޓެންސީ ދިނުމުގެ މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

  1. ޕްލާސްޓިކް ރިސައިކަލް ކުރުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުމާއި، ރިސައިކަލިންގ މަސައްކަތަށް ބޭނުންވާ މެޝިނުގެ ސެޓަޕް ހެދުމުގައި ކޯޕަރޭޝަނަށް ބޭނުންވާ ފަންނީ ލަފާދިނުން.
  2. ޕްލާސްޓިކް ރިސައިކަލިންގ މަސައްކަތް ހިންގާނެ ގޮތުގެ ޢާންމު އުސޫލުތައް އެކުލަވާލުމާއި، އަދި އެއުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތްތައް ބެލެހެއްޓުން.
  3. މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ރޭވުމާއި ހިންގުން.

ރިސައިކްލިންގ މަސައްކަތް ފުރިހަމަގޮތެއްގައި ކުރިޔަށްގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ތަރައްޤީކޮށް ހިންގުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

- މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.

- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

-  ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައިއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ ) ކޮޕީ،

- ޕޮލިސްރިޕޯޓު (ނެގި ފަހުން 03 މަސް ހަމަނުވާ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި:

2016 އެޕްރީލް 20 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައިއޮފީހަށް (މައިއޮފީސް - ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައިއޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

 

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- ކޯޕަރޭޝަނުން އިންޓަރވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:.

 

- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ނަންބަރު 3000581 އަށް ގުޅުއްވުން އެދެމެވެ.

07 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ