މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕިކަޕް އަދި ވޭން މަރާމާތު ކުރުމާގުޅޭ
އިޢުލާން
ޕިކަޕް އަދި ވޭން މަރާމާތު ކުރުމާގުޅޭ:
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީ ޖަލުގައި ބޭނުންކުރަމުންދާ ނަންބަރު: G1238 ޕިކަޕް އަދި G4799 ވޭން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
21 އެޕްރީލް 2016 |
ބުރާސްފަތި |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
26 އެޕްރީލް 2016 |
އަންގާރަ |
10:00 |
05 ރަޖަބު 1437
14 އޭޕްރިލް 2016
ހޯދާ