ދިވެހިރާއްޖޭގެ ގުޅުން ޕލކ
ދިވެހިރާއްޖެ
27ވަނަ އަހަރީ އާންމު ޖަލްސާއާ ގުޅޭ

އިޢުލާން

27ވަނަ އަހަރީ އާންމު ޖަލްސާއާ ގުޅޭ

ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު)ގެ 27ވަނަ އަހަރީ ޢާންމު ޖަލްސާ 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ ރޭ 8:30ގައި ހޮޓެލް ޖެން، މާލެ، ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޖަލްސާގެ އެޖެންޑާ

  1. ކީރިތި ޤުރުއާންގެ ބަރަކާތުން ޖަލްސާ ފެށްޓުން.
  2. 27 ވަނަ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
  3. 26 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
  4. 2015 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އަހަރީ އޮޑިޓަރުންގެ ރިޕޯޓު ހުށަހަޅައި ފާސްކުރުން.
  5. 2015 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުން.
  6. ދިރާގުގެ ޑިރެކްޓަރުންގެ ބޯޑަށް "ޕަބްލިކް ޑިރެކްޓަރ" އިންތިޚާބު ކުރުމާއި އައްޔަނު ކުރުން.
  7. ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުންގެ ގޮތުގައި ކޭ.ޕީ.އެމް.ޖީ އަލުން އައްޔަނުކުރުމަށް ފާސްކުރުން.
  8. 2016 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައެޅުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުން.
  9. ކުންފުނީގެ ހިންގާ ގަވާއިދު އިޞްލާޙު ކުރުމަށް ފާސްކުރުން.
  10. އެހެނިހެން ކަންތައްތައް.

ވީމާ، 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހު (ބުކް ކްލޯޝަރ ޑޭޓް) ގެ ނިޔަލަށް ދިރާގުގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަށް އެދި ދަޢުވަތު އެރުވީމެވެ.

ދިރާގުގެ 27ވަނަ އަހަރީ އާންމު ޖަލްސާގެ ނޯޓިސް، ދިރާގުގެ 2015 ވަނަ އަހަރުގެ އަހަރީރިޕޯޓް އަދި ޖަލްސާއާބެހޭ އިތުރު ތަފުސީލު ދިރާގުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

http://www.dhiraagu.com.mv/Annual_General_Meetings.aspx

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ކުންފުނީގެ ސެކްރެޓަރީ/މެނޭޖަރ އިންވެސްޓަރ ރިލޭޝަންސް

ފޯން: 3311599/3311121 ނުވަތަ [email protected]

12 އޭޕްރިލް 2016
ހޯދާ