މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކުރާނެ ޙާފިޡަކު ހޯދުމަށް

އިޢުލާން

ރ.މާކުރަތު މަސްޖިދުއްސަލާމުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކުރާނެ ޙާފިޡަކު ހޯދުމާ ގުޅޭ:

1437 ވަނަ އަހަރުގެ ރަމަޟާންމަހު ރ.މާކުރަތު މަސްޖިދުއްސަލާމުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކުރާނެ ޙާފިޡަކު ހޯދުމަށް ބޭނުންވެއެވެ. މިކަމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ހޮވިވަޑައިގަންނަވާ ޙާފިޡަކަށް ތިރީގައި ބަޔާން ކުރެވިފައިވާ ގޮތަށް އެލަވަންސް ލިބިވަޑައިގަންނަވާނެއެވެ.

1- ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކުރާ (ރާއްޖެ) ޙާފިޡަކަށް ކޮންމެ ރެއަކަށް -/400 (ހަތަރުސަތޭކަ) ރުފިޔާ

2- ޙިފުޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކުރާ (ބިދޭސީ) ޙާފިޡަކަށް ކޮންމެ ރެއަކަށް -/200 (ދުއިސައްތަ) ރުފިޔާ

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތަކެތި 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ ފޮނުއްވާނީ [email protected] މެއިލަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑިގައި 6580015 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

1- އައި.ޑީ ކާޑުގެ ކޮޕީ/ ޕާސްޕޯޓް ވާރކްވިސާ

2- ނިސްބަތްވާ ޤައުމުގެ ޕޮލިސް ރިޕޯޓް (ބޭރުގެ ފަރާތްތަކުން)

3- ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ  

4- ޙިފްޡުކޮށް ނަމާދުކުރުމަށް އެދި ހުށަހަޅާ ސިޓީ

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 ޖުމާދަލްއާޚިރާ 1437

07 އޭޕްރިލް 2016
ހޯދާ