މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1. ހިންގުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ  ދާއިރާއިން ދަށްވެގެން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް  4  ގެ  ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ހިންގުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 5 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ހިންގުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 6 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. ހިންގުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 4 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި  އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޤާނޫނާއި ޤަވައިދުތަކާ އެއްގޮތްވާގޮތުގެމަތިން ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކުރުން.    

2. ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވެ ޔައުމިއްޔާ ލިޔުން.

3. ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން (މީގެ ތެރޭގައި މުވައްޒަފުންނާބެހޭ އެންމެހައި މަސައްކަތްތަށް ބަލައި، ފިޔަވަޅުއަޅަންޖެހޭ ކަންކަމުގައި ފިޔަވަޅުއެޅުން)

4. ދީނީ ކަންތައްތައް (އިސްލާމިކް މިނިސްޓްރީން އަންގަވާގޮތަށް ) ހިންގުން.

5. ކައުންސިލް އިދާރާގެ ސެކްޝަންތަކުން ކުރަންޖެހޭ މަސައްކަތްތައް ހިނގައިތޯ ބަލައި،  އިރުޝާދުދީ، މަސައްކަތްތައް އަވަސްކޮށް ހިންގުމުގައި ދިމާވާ ދަތި ކަންކަން ޙައްލުކޮށް، ފިޔަވަޅުއަޅަންޖެހޭ ކަންކަމުގައި ގަވައިދުން ފިޔަވަޅު އެޅުން.

6. ސުޕަވައިޒްކޮށް ގަވައިދުން ފިޔަވަޅުއަޅަންޖެހޭ ކަންކަމުގައި ފިޔަވަޅުއެޅުން.

7. އިދާރާއިން ކުރަންޖެހޭ ފައިސާގެ މުޢާމަލާތްތައް ކުރެވެމުންދާގޮތް ބެލުން.

8. ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކަށް ޤާނޫނީ އިމުގެ ތެރެއިން ދޭންޖެހޭ އެއްބާރުލުންދީ އެހީތެރިވުން.

9. ރަށު ކައުންސިލްގެ އިދާރީ މަސައްކަތްތައް ހިނގަނީ ރަނގަޅަށްތޯ ބަލައި މޮނިޓަރކުރުމާއި، އިޞްލާޙުކުރަންޖެހޭ ކަންކަން ހުރިނަމަ އިޞްލާޙުކޮށް، މަސައްކަތް އަވަސްވާނެ ގޮތްތައް ރޭވުން.

10. މުވައްޒަފުންނަށް ރަނގަޅަށް މަސައްކަތްކުރާނެ މާޙާއުލެއް ހޯދުމަށް މަސައްކަތް ކުރުން.

11. ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ވަޒީފާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

12. މަސައްކަތު ފެންވަރުބެލުމުގެ އެންމެހައި ކަންތަށްތައް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާބެހޭ އަތްމަތީ ފޮތުގައިވާ އުޞޫލުތަކާ އެއްގޮތަށް ކަނޑައެޅިފައިވާ ތާރީޚުތަކަށް އޮފީހުގައި ކުރިޔަށްގޮސްފައިވޭތޯ ބެލުން.

13. މަސައްކަތުގެ ފެންވަރުބެލުމާ ގުޅޭގޮތުންނާއި، މަސައްކަތުގެ ފެންވަރު ބަލައި ނިމުމުން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ބޭނުންވާ ރޮނގުތައް ފާހަގަކޮށް، ކައުންސިލަށާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓަށް ހުށަހެޅުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން

2. މަސައްކަތުގެ ތަޖުރިބާ

3. މަސައްކަތު ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި  މަޤާމަށް  އެދޭ  ފަރާތްތަކުގެ  ތެރެއިން  ޝަރުޠު  ހަމަވާ  ފަރާތްތަކަށް  ބާއްވާ  އިންޓަވިއު  އޮންނަ  ދުވަހާއި ތަން، ރަސްމީ 5 ދުވަހުގެ ކުރިން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާއަށް.

އުޖޫރައާއި އިނާޔަތްތައް:

*އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

* ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމު،  ކިނޮޅަހު  ކައުންސިލްގެ އިދާރާއިން  ލިބެން  ހުންނާނެއެވެ. އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ  ވެބްސައިޓް ww.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580073 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6580073 އެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

7 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ