މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބ. އަތޮޅުގެ ފަޅުރަށްރަށާ ގުޅޭގޮތުން މަޢުލޫމާތު ދިނުން
އިޢުލާން
ޕްރީބިޑް މީޓިންގ ބޭއްވުމާއި ޕްރޮސެސިންގ ފީ ބަލައިގަތުން
މި މިނިސްޓްރީގެ ނަންބަރު: (IUL)30-E/30/2016/11 (14 މާރިޗު 2016) އިޢުލާނާއި، ނަންބަރު (IUL)30-E/30/2016/15 (16 މާރިޗު 2016) އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.
ވަރުވާއަށް ދޫކުރުމަށްޓަކައި މި މިނިސްޓްރީން ފުރުޞަތު ހުޅުވާލާފައިވާ ބ. އަތޮޅުގެ ފަޅުރަށްރަށާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުން (ޕްރީބިޑް މީޓިންގ) ބޭއްވުމަށް ހަމަޖެހިފައިވަނީ 14 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ 11:00 ގައި ދަރުބާރުގޭގެ ދޮށިމޭނާ މާލަމުގައެވެ.
ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 17 އެޕްރީލް 2016 (އާދީއްތަ) އިން 19 އެޕްރީލް 2016 (އަންގާރަ) އަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް މި މިނިސްޓްރީންނެވެ.
5 ރަޖަބު 1437
13 އޭޕްރިލް 2016
ހޯދާ