ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޕްރިންޓަރ
މަޤާމުގެ ގިންތި: ވަގުތީ
ބޭނުންވާ އަދަދު: 1 (އެކެއް)
އޮފީސް: ބ.މާޅޮހު މަދަރުސާ
ވަޒީފާ އަދާކުރަންޖެހޭ ރަށް: ބ.މާޅޮސް
މަޤާމް |
ސީ. އެސް. ރޭންކް |
މަޤާމުގެ ކްލެސިފިކޭޝަން |
މަޤާމުގެ ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ޕްރިންޓަރ |
އެސް. އެސް. 3
|
ސަޕޯޓް ސްޓާފް ގްރޭޑް 3 |
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/3،875 ރުފިޔާ |
މަހަކު -/1،000 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތު: |
- ޗާޕްކުރަންޖެހޭ ޓެސްޓް ޕޭޕަރުތަކާއި، ނޯޓިސްތަކާއި، ފޮޓޯކޮޕީ ހަދަންޖެހޭ ތަކެއްޗާއި އެހެނިހެން ތަކެތި، ކަނޑައެޅިފައިވާ ގަޑިއަކަށް ޗާޕްކޮށް ހަވާލުކުރުން. - ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ ޓީޗަރުންގެ ހޭންޑްބުކު، ވެރިއެއްގެ ލަފާގެމަތިން ތައްޔާރުކޮށް ނިންމައި ވެރިޔަކާ ހަވާލުކުރުން. - ބައިންޑްކުރުމާއި ލެމިނޭޓްކުރުމަށް ހަވާލުކުރެވޭ ތަކެތި، ކަނޑައެޅިފައިވާ ދުވަހަކަށް ނިންމައި ހަވާލުކުރުން. - ޕްރިންޓްކުރާ ހުރިހާ މެޝިނަރީތަކާއި އެހެނިހެން ތަކެއްޗަށް ރައްކާތެރިވުމާއި ބެލެހެއްޓުން. - އޮފީހަށާއި ޓީޗަރުންނަށް ބޭނުންވާ ތަކެތި ޕޮޓޯކޮޕީ ހަދައިދިނުން. - ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރަށް ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް: |
ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
ހުށަހަޅަންވީ ގޮތް: |
މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް، ސްކޫލުގެ އޮފީހަށް ހުށަހެޅުން. |
ސުންގަޑި: |
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، 2016 އެޕްރީލް 20 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި ސުކޫލަށް ހުށަހެޅުން އެދެމެވެ. |
އިންޓަވިއު: |
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކާއެވެ. - އިންޓަވިއު އޮންނާނީ، އިޢުލާނަށް މުއްދަތު ހަމަވާތާ ފަސްދުވަހުގެ ތެރޭގައި ބ. މާޅޮހު މަދަރުސާގައެވެ. |
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6600020 ނަންބަރު ފޯނާއެވެ. |
ނޯޓް: މީ ވަގުތީ މަޤާމެކެވެ. މި ވަޒީފާގެ މުއްދަތަކީ، ޕްރިންޓަރެއްގެ މަޤާމަށް ދާއިމީ މީހަކު ހަމަޖެހެންދެންނެވެ. |
|
4 ރަޖަބު 1437 |