ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ދޯންޏެއް ގަތުން
މި ކޯޕަރޭޝަންގެ ފަރާތުން ދޮންވެލި ނެގުމުގެ މަސައްކަތް ކުރުމަށް 50-70 ފޫޓުގެ ދޯންޏެއް ގަންނަން ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2016/08 (28 މާރިޗު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 19 އެޕްރީލް 2016 ވާ (އަންގާރަ) ދުވަހުގެ 13:00 އަށް މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 އެޕްރީލް 2016 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް މިއެޑްރެހަށެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 9603320657+ ، 9609911606+
ފެކްސް ނަންބަރު: 9603317133+
05 ރަޖަބު 1437