މާމެންދޫ ސްކޫލް، ލ.މާމެންދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

 ވަޒީފާގެ ފުރުޞަތު:

މަޤާމް: ރިލީފް ޓީޗަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާމެންދޫ ސްކޫލް / ލ. މާމެންދޫ

މަޤާމުގެ ޝަރުތު: ޖީ.ސީ.އީ އޯލެވެލް ނިންމައިފައިވުން.

މުސާރަ:

- ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާނަމަ، މަހަކު -/3565 ރުފިޔާ.

- ސާނަވީ ތަޢުލީމް ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު 2 މާއްދާއިން ފާސްވެފައިވާނަމަ، މަހަކު -/4،000 ރުފިޔާ.

- ކިޔައވައިދިނުމުގެ ދާއިރާއިން ސެޓްފިކެޓެއް ހާސިލުކޮށްފައިވާނަމަ، މުސާރަ ދެވޭނީ (ސީ.އެސް) ރޭންކުގެ މިންގަނޑަށް ބަލައިގެންނެވެ.

 ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

 އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 މަޤާމުގެ މަސްޢޫލިއްޔަތު:

* ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

* ބެލެނިވެރިންނާއި، ދަރިވަރުންނާއި، ޓީޗަރުންނާ ސްކޫލާމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރުން.

* ޤައުމީ މަންހަޖާ އެއްގޮތަށް އުނގަންނައިދިނުމުގެ އެންމެހައި ކަންތައްތައް ރާވާއި ހިންގުން.

* ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

* ކުދިންގެ ކިބައިގައި ދީނީ، އަޚްލާޤީ ސިފަތައް އަށަގެންނެވުން.

* ވަށައިޖެހޭނެ ތަޢުލީމަކަށް މަގުފަހިވާނޭހެން  އިތުރު ހަރަކާތްތައް ހިންގުން.

* ދަރިވަރުންގެ ރެކޯޑްތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުން.

* ކިޔަވައިދިނުމާ ގުޅޭގޮތުން ބަލަހަންޓަންޖެހޭ ރެކޯޑްތައް އެއްކޮށް، އެ ރެކޯޑްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

* އެކި މާއްދާތަކުން ދަށްކަމަށް ފާހަގަކުރެވޭ ކުދިންނަށް ރިމީޑިއަލް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން.

* ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ރަނގަޅުކުރުމަށް ތަފާތު ހަރަކާތްތައް ރާވާއި ހިންގުމާއި، ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ބަލައި ފިޔަވަޅުއަޅަންޖެހޭ ކަންތައްތައް ފިޔަވަޅުއަޅައި ރެކޯޑް ބެލެހެއްޓުން.

* ކިޔަވައިދިނުމަށް ސްކޫލުގައި ލިބެންހުރި އެކިއެކި ވަސީލަތްތައް ދަރިވަރުންނާއި ޓީޗަރުން  ބޭނުންކުރުމުގައި އޭގެ އެންމެ ފައިދާހުރި ޚަރަދުކުޑަ ގޮތްތައް ބޭނުންކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1– ވަޒީފާއަށް އެދި ފޮނުވާ ސިޓީ.

2- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

4– ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ 2 ފުށުގެ ސާފުކޮޕީ.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 އެޕްރީލް 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް މާމެންދޫ ސްކޫލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

- އިންޓަވިއު ކުރެވޭނެ ތާރީޚަކީ، 2016 އެޕްރީލް 19 ވާ އަންގާރަ ދުވަހުއެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނެ ކަންކަން:

މި މަޤާމަށް މީހަކު ހޮވުމުގައި، ލިބިފައިވާ ތަޢުލީމީ ފާސްތަކާއި، ސަނަދުތަކާއި، ތަޖުރިބާއާއި، އިންޓަވިއުއަށް ބެލޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6800549 ނަންބަރު، ފޯނަށް ރަސްމީ ގަޑީގައެވެ.

3 ރަޖަބު 1437

10 އޭޕްރިލް 2016
ހޯދާ