ދިވެހިރާއްޖެ
އިޢުލާން
އެމްޓީސީސީގެ އއ. އުކުޅަސް ފެރީ ޓަރމިނަލުގެ ޓަކްޝޮޕް ހިންގުމާއި ރެސްޓޯރަންޓް ތަރައްޤީކޮށް ހިންގުމާއި ފެރީ ޓަރމިނަލް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:
އެމްޓީސީސީގެ އއ. އުކުޅަސް ފެރީ ޓަރމިނަލުގެ ޓަކްޝޮޕް ހިންގުމާއި ރެސްޓޯރަންޓް ތަރައްޤީކޮށް ހިންގުމާއި ފެރީ ޓަރމިނަލް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 އެޕްރީލް 2016 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް މީޓިންގރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 މޭ 2016 ވަނަ ދުވަހުގެ 14:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
04 ރަޖަބު 1437
