ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ފ. ނިލަންދޫގައި ހިންގާ ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ގޮތްޕަށް ރިސޯސް ޤުރްއާން މުދައްރިސުން ހޯދުމަށް ބޭނުންވެއެވެ.
ބޭނުންވާ އަދަދު: 2
މުސާރަ: އެމް. ކިޔު. އޭ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ
އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ
ޝަރުޠު: ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ
ޤުރްއާނާގުޅޭ ދާއިރާއަކުން ލެވެލް 4 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުމާއެކު، ޓީޗިންގ ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.
މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރީމެންޓްކުރެވޭނީ 2 މަސްދުވަހުގެ މުއްދަތަށެވެ.
2 މަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 22 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.
ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރްކަޒަށް ސިޓީފޮނުއްވުން އެދެމެވެ.
04 ރަޖަބު 1437