މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "އެންހޭންސްޑް އިންޓަރގްރޭޓެޑް ފްރޭމްވާރކް (EIF) ޕްރޮގްރާމުގެ ދަށުން ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ޓްރޭޑް ފެސިލިޓޭޝަން ޕްރޮޖެކްޓަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ޕޮލިސީ ކޮންސަލްޓެންޓް

އަދަދު :01

ފެންވަރު ނުވަތަ ޝަރުޠު:

ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިންގ، ފައިނޭންސް ނުވަތަ މިއާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން ފަސްއަހަރުދުވަހު ޕޮލިސީ ލެވެލްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މުސާރަ، އެހެނިހެން އިނާޔަތް އަދި ޕެންޝަން ހިމެނޭ ގޮތުގެމަތިން: -/42,000ރ

ވަޒީފާގެ މުއްދަތު: ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރެވޭ ތާރީޚުން ފެށިގެން 30 ޖޫން 2017 ގެ ނިޔަލަށް

މަޤާމު: ބިޒްނަސް ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް

އަދަދު :01

ފެންވަރު ނުވަތަ ޝަރުޠު:

ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިންގ، ފައިނޭންސް ނުވަތަ މިއާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ބިޒްނަސް ޑިވެލޮޕްމެންޓުގެ ދާއިރާއިން، މަދުވެގެން ފަސްއަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މުސާރަ، އެހެނިހެން އިނާޔަތް އަދި ޕެންޝަން ހިމެނޭ ގޮތުގެމަތިން: -/40,000ރ

ވަޒީފާގެ މުއްދަތު: ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރެވޭ ތާރީޚުން ފެށިގެން 30 ޖޫން 2017 ގެ ނިޔަލަށް

މަތީގައި ބަޔާންކުރެވިފައިވާ ވަޒީފާއާ ގުޅުންހުރި އިތުރު މަޢުލޫމާތާ، އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުގެ ތަފުސީލު، ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected]  އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި:ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 21 އޭޕްރިލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "(Job Application for (Name of the Post" މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހުގެ 08:00 ން 14:00 އާ ދެމެދު 3333174 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

04 ރަޖަބު‏ 1437

11 އޭޕްރިލް 2016
ހޯދާ