މަޤާމް:
|
ޑޮކްޓަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް) |
ފެންވަރު ނުވަތަ ޝަރުޠު:
|
- މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން.
- މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
- އަންހެނެއްނަމަ، 45 އަހަރުން މަތީގެ މީހެއްކަމުގައިވުން.
- ޢަރަބިބަހުން ނުވަތަ އިނގިރޭސިބަހުން މުޢާމަލާތުކުރަން އެނގޭ މީހަކުކަމުގައިވުން.
- ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާދިނުމުގެ މަސައްކަތްކޮށް، މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަސްއޫލިއްޔަތު:
|
- ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި، ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި، ޞިއްޙީ އިރުޝާދު ދިނުން.
- މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.
- ޢުމްރާ ދަތުރުގައި ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުން.
|
މަޤާމް:
|
ކައްކާ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މައްކާއާއި މަދީނާއާއި މިނާގައި ދިވެހި ޙާޖީންނަށް ކައްކައި ކާންދިނުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކުކަމުގައިވުން.
- ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރުކުރަން އެނގޭ މީހަކުކަމުގައިވުން.
- ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު، ގިނަ އަދަދެއްގެ ބަޔަކަށް ކައްކައި ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
|
މަސްއޫލިއްޔަތު:
|
- ކާގަޑިތަކުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
- ބަދިގޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ކައްކައި ކާންދިނުމުގެ ޚިދުމަތް ދިނުން.
- ކެއްކުމަށް ބޭނުންވާ ތަކެތި ހޯދުން.
|
މަޤާމް:
|
ކައްކާގެ އެހީތެރިން
|
ބޭނުންވާ އަދަދު:
|
2 (ދޭއް)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޙައްޖާއި، ޢުމްރާ ދަތުރުގައި ކައްކައި ކާންދިނުމުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
|
މަސްއޫލިއްޔަތު:
|
- ގަޑިންގަޑިއަށް ކާންހެދުމާއި، ކާގަޑިތަކުގައި ތަށިމަތި ބެލެހެއްޓުން.
- ކެއުމުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެދަށުން މަސައްކަތްކުރުން.
- ކެއްކުމުގެ އެންމެހައި ކަމެއްގައި ކައްކާއިންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
- މީގެ ކުރިން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.
|
ސުންގަޑި:
|
2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުން އެދެމެވެ.
|
ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
އަމީނީމަގު، 20379
މާލެ، ދިވެހިރާއްޖެ
|